ރާއްޖޭގައި ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ ހުރި ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ސަރުކާރުން ނިންމައިފި އެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމުން ނެރުނު އިއުލާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަޅުތައް އެޅުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން މިހާރު ހިންގަމުންދާ ތަންތަނާއި، މިނިސްޓްރީގެ ހުއްދައެއް ނެތި އޮޕަރޭޝަންތައް މެދުކަނޑާލާފައިވާ ތަންތަނުގެ ތެރެއިން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކައިވާ ފަރާތްތަކަށެވެ.
އެހެންކަމުން، ސަރުކާރާއެކު ވެފައިވާ ކުލީގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ ފައިސާތައް ދައްކައި ހަލާސްކުރުމަށް މިނިސްޓްރީން ވަނީ އެ ފަރާތްތަކަށް އަންގާފަ އެވެ.
މި މައްސަލާގައި އަޅާނެ ވަކި ހާއްސަ ފިޔަވަޅުތަކެއް މިނިސްޓްރީގެ އިއުލާނުގައި ތަފުސީލުކޮށްފައި ނުވި ނަމަވެސް، ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނާއި ގަވާއިދުތައް ހަމަޖެހިފައިވާ ގޮތުން، ކުލި ނުދައްކާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމުގެ އިތުރުން، ހަދާފައިވާ ކުލީގެ އެއްބަސްވުން ބާތިލުކޮށް އެ ތަންތަން އަނބުރާ ދައުލަތުގެ މިލްކިއްޔާތަށް ނެގުމުގެ ފުރިހަމަ ބާރު ސަރުކާރަށް ލިބިގެންވެއެވެ.
މުއައްސަސާތަކުގެ އިތުބާރު ގެއްލުނު އަސްލަކީ މުއިއްޒު: ޔާމީން
ގެއްލުނު މީހުން ހޯދަން އެމެރިކާގެ ނޭވީ މަތިންދާބޯޓެއް ނުކުމެއްޖެ
މޯލްޑިވިއަނުން ގަންނަން ޖެހޭ ހިދުމަތްތަކެއް ތައާރަފުކޮށްފި