މޯލްޑިވިއަންއިން "މޯލްޑިވިއަން ޖާނީ ޕްލަސް" ގެ ނަމުގައި ގަންނަން ޖެހޭ ހިދުމަތްތަކެއް ތައާރަފުކޮށްފި އެވެ.
ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ސަރުކާރުގެ އެއާލައިނުން ބުނީ މި ހިދުމަތްތައް ތައާރަފުކުރީ ދަތުރުފަތުރުގެ ކަންކަން ތަރުތީބުކުރުމުގައި ދަތުރުވެރިން ބޭނުންވާ ފަސޭހަތަކާއި އަމިއްލަ އިސްކަންދޭ ކަންކަމަށް ރިއާޔަތް ކޮށްގެން ކަމަށެވެ. އަދި މި މަސައްކަތުގެ ފުރަތަމަ މަރުހަލާގައި "ޖާނީ ޕްލަސް" ސަބް- ބްރޭންޑްގެ ދަށުން ދަތުރުވެރިންގެ ބޭނުންތަކާ އެއްގޮތަށް ދަތުރުގެ ކަންކަން ބައްޓަން ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ އެއާލައިނުން ބުނެ އެވެ.
ފުރަތަމަ މަރުހަލާގެ ދަށުން "ޖާނީ ޕްލަސް"ގެ ފަސް ހިދުމަތެއް ގަނެވޭ
- ޖާނީ ޕްލަސް ޕްރީމިއާ: އެތެރޭގެ އުދުހުންތަކުގެ ދަތުރުވެރިންނަށް ޕްރިއޯރިޓީ ޗެކް-އިން އަދި ބެގޭޖް ހޭންޑްލިން ހިދުމަތް ލިބޭނެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ދަތުރުވެރިންނަށް ޕްރިއޯރިޓީ ބޯޑިންގެ ހިދުމަތް ވެސް ލިބޭނެ. އެތެރޭގެ އުދުހުންތަކުގައި މި ހިދުމަތް 249ރ. އަދި ބައިނަލްއަގުވާމީ އުދުހުންތަކުގައި 25 ޑޮލަރު ދައްކައިގެން މި ހިދުމަތް ހޯދޭނެ
- ޖާނީ ޕްލަސް ބޭގްސް: އިތުރު ލަގޭޖް ގެންދަން ބޭނުންވާ ދަތުރުވެރިންނަށް، ދުރާލާ ހެޔޮ އަގުތަކެއްގައި އިތުރު ބެގޭޖް ގަތުމުގެ ފުރުސަތު ލިބޭނެ. މޯލްޑިވިއަން އިން ބުނީ ޑޮމެސްޓިކް ދަތުރުތަކުގައި މި ހިދުމަތުގައި 3 ކިލޯ 6 ކިލޯ، 9 ކިލޯ އަދި 12 ކިލޯ އާއި އެޑޯން ގަތުމުގެ ފުރުސަތު ލިބޭނެކަމަށް ފެށޭ އަގަކީ 150 ރުފިޔާ. އަދި އިންޓަނޭޝަނަލް ދަތުރުތަކުގައި 5 ކިލޯ، 10، ކިލޯ އަދި 15 ކިލޯ އާ ހަމައަށް އެޑޯން ގަތުމުގެ ފުރުސަތު ލިބޭ. ފެށޭ އަގަކީ 25 ޑޮލަރު
- ޖާނީ ޕްލަސް ރިލެކްސް: މޯލްޑިވިއަންގެ ކަނޑައެޅިފައިވާ ލައުންޖްތަކުގެ ޚިދުމަތް ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ. އެގޮތުން މާލެ މޫނިމާ ލައުންޖު އަދި ދަރަވަންދޫ އެއާޕޯޓުގައި އިން ލައުންޖުން ހިދުމަތް ބޭނުން ކުރެވޭނެ. މި ހިދުމަތުގައި ފެށޭ އަގަކީ 300 ރުފިޔާ.
- ޖާނީ ޕްލަސް އަޕްގްރޭޑް: ބައިނަލްއަގުވާމީ ދަތުރުތަކުގައި، ޖާގަ އޮތް މިންވަރަކުން އެކޮނޮމީ ކްލާސްއިން ބިޒްނަސް ކްލާސްއަށް ބަދަލުކުރުމުގެ ފުރުސަތު ލިބޭނެ.
- ޖާނީ ޕްލަސް ބައިޓްސް: އެތެރޭގެ އުދުހުންތަކުގެ ދަތުރުވެރިންނަށް، ދުރާލާ އޯޑަރުކޮށްގެން ބޯޓުމަތީގައި ލިބޭނެ ލުއިކާނާ އާއި ބުއިންތަކުގެ ޕެކޭޖު.
މޯލްޑިވިއަނުން ބުނީ "ޖާނީ ޕްލަސް"ގެ ހިދުމަތްތައް މޯލްޑިވިއަންގެ ކޯލް ސެންޓަރު، ވައިބާ، ވަޓްސްއެޕް، ޓިކެޓިން އޮފީސް އަދި ސޭލްސް އެޖެންޓުން މެދުވެރިކޮށް، ދަތުރު ފުރުމުގެ 24 ގަޑިއިރު ކުރިން ގަނެވޭނެ ކަމަށެވެ. މީގެ ދެވަނަ މަރުހަލާގައި ސީޓް ސިލެކްޝަން ފަދަ އިތުރު ލުއިފަސޭހަތައް ހިމަނަން ރާވާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
މޯލްޑިވިއަނުން އަލަށް ތައާރަފު ކުރި މި ހިދުމަތްތަކަކީ ދުނިޔޭގެ ވަރަށް ގިނަ އެއާލައިންތަކުން މީގެ އެތައް އަހަރެއް ކުރިން ތައާރަފުކޮށްފައިވާ ހިދުމަތްތަކެކެވެ.
ސްޕެއިންގައި ތަމްރީނު މަތިންދާ ބޯޓެއް ވެއްޓި ދިވެއްސަކަށް އަނިޔާ
ދުނިޔޭގެ އެންމެ ބޮޑު އަންހެން ސެޓެލައިޓް މިޝަންގައި ދިވެއްސެއް
އީރާނުގެ މައްސަލާގައި ދެކުނު ކޮރެއާއިން އެއްބާރުލުން ނުދިން