ކ. މަނިޔަފުށި އެއްވެސް ބިޑުކުރުމަކާ ނުލައި ދިގު މުއްދަތަކަށް އެސްޓީއޯގެ ޗެއާމަން އަދި ވިޔަފާރިވެރިޔާ އާމިރު މަންސޫރަށް ދީފި އެވެ.
މި މުއާމަލާތާ ގުޅޭގޮތުން ފެންމަތިވެފައިވާ މައުލޫމާތުތަކުގައިވާ ގޮތުން މަނިޔަފުށީގެ ފަޅު 35 އަހަރުގެ މުއްދަތަކަށް ދޫކޮށްފައިވަނީ އާމިރު މަންސޫރަށެވެ. މީގެއިތުރުން މި ނިންމުމަކީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ސަރުކާރުގެ އިސްވެރިންގެ ބައިވެރިވުމާއެކު އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.
އާންމުވެފައިވާ ކުލީގެ ތަފްސީލުތަކަށް ބަލާއިރު އެ ފަޅުގެ ބިމުން އަކަފޫޓަކަށް ނަގަނީ ފަސް ލާރި އެވެ. އަދި ކަނޑައެޅިފައިވާ ސަރަހައްދު ހިއްކުމަށްފަހު ކުލީގެ ގޮތުގައި އަކަފޫޓަކަށް ނެގުމަށް ހަމަޖެހިފައިވަނީ 10 ލާރި ކަމަށް މައުލޫމާތު ލިބެ އެވެ.
މިފަދަ ކުޑަ އަގެއްގައި ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކާއި ފަޅުތައް ދޫކުރުމަކީ ގައުމީ އިގްތިސާދަށް ލިބޭ ބޮޑު ގެއްލުމެކެވެ. ރާއްޖޭގެ ގިނަ ފަޅުތަކާއި ގިރިތަކަކީ މާލީ ގޮތުން ބޮޑު އާމްދަނީއެއް ހޯދެންހުރި އަގުހުރި ގުދުރަތީ ވަސީލަތްތަކެކެވެ.
ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ގިރިތަކާއި ފަޅުތަކުގެ އިގްތިސާދީ އަގު ދުނިޔޭގެ ފެންވަރުގައި ވަޒަންކުރެވޭއިރު، ދެފުށް ފެންނަ އުސޫލަކުން ނޫންގޮތަށް ދޫކުރެވޭ މާމަލާތްތަކާ މެދު އާންމުންގެ ކަންބޮޑުވުންތައް ދަނީ އިތުރުވަމުންނެވެ. މިފަދަ މާމަލާތްތަކުގައި ދެފުށް ފެންނަ ބިޑިން ނިޒާމެއް ބޭނުންކުރުމަކީ ދައުލަތަށް އެންމެ ބޮޑު މަންފާއެއް ލިބިގެންދާނެ ގޮތް ކަމަށް މާހިރުން ދެކެ އެވެ.
އާމިރު ހިއްސާވާ ވިޔަފާރިތަކުގެ ތެރޭގައި ގިނަ އަދަދަކަށް ކާބޯތަކެތި އެތެރެކޮށް ވިއްކާ ލިލީ އެފްއެންބީ އާއި މެންހަޓަން ފިޝްމާކެޓް، މޭރީ ބްރައުން ފަދަ ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަން ހިމެނެ އެވެ.
ސެކިއުރިޓީސް ދަރަނި 100 ބިލިއަނުން މައްޗަށް އަރައިފި
ޑޮލަރު މާރުކުރުމާ ގުޅޭ އިސްލާހު އެއް ދުވަހުން ނިންމަނީ
"އޯއާރްއެސް"ގެ ހަގީގަތް: އެއީ ބޭރަށް ހިންގުމަށް އޮތް ހައްލެއްތަ؟