ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް ދިޔަވެ، އަޑިއަށް ދިޔަ ސަޕްލައި ދޯނިން ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތުގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ހުވަދޫ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.
މި އޮޕަރޭޝަނުގައި ބައިވެރިވަމުންދަނީ އެމެރިކާގެ ނޭވީގެ "ބޮއިންގް P-8A ޕޮސައިޑަން" މަރުކާގެ މެރިޓައިމް ޕެޓްރޯލް އެއާކްރާފްޓެކެވެ. މި ބޯޓު މިއަދު ވަނީ ދޯނި އަޑިއަށް ދިޔަ ކަމަށް ބެލެވޭ ސަރަހައްދުގައި 1،500 ފޫޓު އުހުން ދަތުރުކޮށް، މީހުން ހޯދުމުގެ މަސައްކަތްކޮށްފަ އެވެ.
ކަނޑުމައްޗަށް ގެއްލުނު މީހުން ހޯދުމަށް ފޮރިން މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން އެމެރިކާ ސަރުކާރުގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބައެއް މީޑިއާތަކަށް މައުލޫމާތު ދީފަ އެވެ. އެގޮތުން، އެމެރިކާގެ ނޭވީގެ ވައިގެ އުޅަނދުން މި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ފަށާފައިވަނީ މިއަދު މެންދުރުފަހު 1:45 ގައެވެ. އަދި މި އޮޕަރޭޝަން ކުރިއަށް އޮތް ފަސް ގަޑިއިރަށް ދެމިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. މި އޮޕަރޭޝަނަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން ފޮރިން މިނިސްޓްރީން މިދިޔަ ހަފުތާގައި ވަނީ ބުނެފަ އެވެ.
މި ހާދިސާ ހިނގާފައިވަނީ މި މަހު 5 ވަނަ ދުވަހުގެ ރޭގަ އެވެ. "ފްރެންޑް 4" ނަމަކަށް ކިޔާ އެ ސަޕްލައި ދޯންޏަށް ބޮޑު ރާޅެއް އަރައި ދިޔަވާން ފެށުމުން، އެ އުޅަނދު ސަލާމަތްކުރުމަށް އެމްއެންޑީއެފާއި ފުލުހުން ދިޔައީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް، ދޯނީގެ ދިޔަގަނޑު ކޮންޓްރޯލްކޮށް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި، ދޯނީގައި ތިބި ތިން މީހުންނާއެކު ދޯނި ވަނީ ކުއްލިއަކަށް އަޑިއަށް ގޮސްފަ އެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެމްއެންޑީއެފްގެ އިބްރާހިމް އަހްމަދާއި، ފުލުހުންގެ އޮފިސަރެއް ކަމަށްވާ އަލީ ނާފިއުގެ އިތުރުން އެ ދޯނީގެ ކައްޕި މުހައްމަދު ހަމްދޫނެވެ. ދޯނި ދަތުރު ފެށިއިރު ކައްޕިއާއެކު 7 ބިދޭސީން ތިބި ނަމަވެސް، ކައްޕި ފިޔަވައި އެހެން ހުރިހާ ބިދޭސީން ވަނީ ހާދިސާ ހިނގި ވަގުތު ސަލާމަތްކުރެވިފަ އެވެ.
"އެވެންޖާސް: ޑޫމްސްޑޭ: ޑރ. ޑޫމްގެ މާޒީ ދައްކާލައިފި
ސްޓްރޯބެރީ ސްކިންއަށް ގޭތެރެއިން ހައްލު ގެނެވިދާނެ؟
ޣައްޒާގެ ހޮސްޕިޓަލުތަކަށް އޮކްސިޖަން ނުލިބި ނުރައްކާ ހާލަތަކަށް