ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަނޑުގެ އެންމެ ބޮޑު ސަރަހައްދު ކަމަށްވާ ސައުތު އަރި މެރިން ޕްރޮޓެކްޓަޑް އޭރިޔާ (ސަމްޕާ) އަށް ވަންނަ އުޅަނދުފަހަރުގައި މި މަހުގެ ނިޔަލަށް "ޕްރޮޕެލާ ގާޑު" ހަރުކުރުމަށް އިތުރު ފުރުސަތެއް ދީފި އެވެ.
މި ނިންމުމަކީ ފެހުރިހި އާލާވާ އަދި ކާނާ ހޯދަން އެންމެ ގިނައިން ޖަމާވާ މި ޚާއްސަ ސަރަހައްދުގެ ދިރުންތައް ރައްކާތެރިކުރުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ސަރުކާރުން ތައާރަފުކުރި މުހިންމު ސިޔާސަތެކެވެ. އދ. އަތޮޅުގެ ރަންގަލި ފަރުގެ ހުޅަނގު އުތުރުން ފެށިގެން ދިގުރަށާ ދެމެދު އޮންނަ، އަދި 2009 ވަނަ އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ ސަމްޕާ ސަރަހައްދަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ތަނަކަށް ވުމާއެކު، އުޅަނދުފަހަރުގެ ބުރަފަތީގެ ސަބަބުން ފެހުރިއްސަށާއި މީހުންނަށް ނުރައްކާތެރި އަނިޔާތަކެއް ލިބުމުގެ ހާދިސާތައް ކުރިން ވަނީ ހިނގާފަ އެވެ.
އެހެންކަމުން ބުރަފަތީގައި ގާޑު އެޅުވުން މަޖުބޫރުކޮށްފައި ވާއިރު، މި ބަދަލަށް ފުރިހަމައަށް އަމަލުކުރުމަށް އުޅަނދުތަކުގެ ވެރިންނަށް މިހާރު މިވަނީ އިތުރު ލުޔެއް ދީފަ އެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހާމަކުރި ގޮތުގައި މި ހިނގާ ޖޫން މަހުގެ 30 ގެ ކުރިން ސަމްޕާ ސަރަހައްދަށް ވަނުމަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި، ނުވަތަ އެ މުއްދަތުގެ ކުރިން ރަޖިސްޓްރީ ކުރަން ހުށަހަޅާ ފަރާތްތަކަށް ޕްރޮޕެލާ ގާޑު އެޅުވުމަށް ހާއްސަ ގްރޭސް ޕީރިއަޑެއް ލިބޭނެ އެވެ. ނަމަވެސް، މި މުއްދަތު ހަމަވުމަށްފަހު އެ ސަރަހައްދަށް ވަނުމަށް އެދޭ އުޅަނދުތައް ރަޖިސްޓްރީކޮށްދެވޭނީ ބުރަފަތީގެ ރައްކާތެރިކަމުގެ ގާޑު ހަރުކުރުމަށްފަހު ހުށަހަޅާ އެޕްލިކޭޝަންތައް އެކަނި ކަމަށް އީޕީއޭއިން ބުންޏެވެ.
"ވަންގަވް" ޕޯޓަލް މެދުވެރިކޮށް މި ރަޖިސްޓްރޭޝަން ކުރިއަށްދާއިރު، އުޅަނދުތަކަކީ ސަމްޕާ މެނޭޖްމަންޓް ޕްލޭންގެ މިންގަނޑުތަކަށް ފެތޭ އެއްޗެއްކަން ކަށަވަރުކުރުމަށް އީޕީއޭއިން އިލްތިމާސްކުރެ އެވެ. އަދި މި ގަވާއިދާ ހިލާފަށް ސަމްޕާ ސަރަހައްދަށް ވަންނަ އުޅަނދުފަހަރާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެ އެޖެންސީން ވަނީ ދީފަ އެވެ.
ވާނަލް ފޯލްސް: ހަނދާނުން ފޮހެލަން ދަތި ރީތި މަންޒިލެއް!
ރޭގަނޑު ދަތް ނުއުނގުޅާ ނިދާނަމަ ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑުވޭ
ޑެމްބެލޭގެ ހެޓްރިކާއެކު ފްރާންސް އެއްވަނަ އަށް