ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑްވްސް (ޕީޕީއެމް) އުވާލި ސަބަބު ސާފުކޮށްދިނުމަށާ އިތުރު ހަ ކަމެއް ސާފުކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ)އަށް ހުށަހަޅައިފި އެވެ.
އެކަން ސާފުކުރުމަށް ހުށަހެޅީ ޕީޕީއެމްގެ އެއް ފައުންޑިން މެމްބަރު އަދި ޕީޕީއެމް އުވާލިއިރު އެ ޕާޓީގެ ސެނެޓަރަކަށް ހުންނެވި، އިސްލާމިކު މިނިސްޓްރީގެ ކުރީގެ ނައިބު އަލީ އާދަމް އެވެ.
އަލީ ވަނީ މިއަދު މެންދުރު ކުރިގެ ވަގުތެއްގައި އީސީގެ ރައީީސަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީ އިލެކްޝަންގެ ރިސެޕްޝަނާ ހަވާލު ކުރުމަށް ވަޑައިގެންނެވުމަށް ފަހު ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އީސީއަށް ހުށަހެޅި ސިޓީގައި ހަތް ކަމެއް ސާފުކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ. އެކަންކަން ސާފުކޮށްދިނުމަށް ހުށަހެޅީ އަތޮޅު ތެރޭގެ ތިބި ޕީޕީއެމްއެފްގެ މެމްބަރުންނާ ދިމާވެ އެމީހުން ކުރަމުންދާ ސުވާލުތަކުގެ ޖަވާބު ހޯދައިދިނުމުގެ މަގްސަދުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރަކަށް އިދިކޮޅު މީހަކު ހުރެގެން މައުލޫމާތު ހޯދުމަށް އުނދަގޫވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވާއިރު އީސީގެ ރައީސަކަށް ހުރީ ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލްކަން ކުރައްވާ އެ ޕާޓީގެ ސެނެޓުގައި ވެސް ޕާޓީ އުވާލިއިރު ހުންނެވި ބޭފުޅަކަށް ވުމުން މި މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ފަސޭހަވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ޕީޕީއެމް އުވާލުމާ ގުޅިގެން ސާފުކޮށްދިނުމަށް އެދި އަލީ ހުށަހެޅުއްވި ކަންތައްތަކަކީ، ޕީޕީއެމް އުވާލި އަސާސަކީ ކޮބައިކަމާ، ޕީޕީއެމް އުވާލުމަށް އިލެކްޝަނުން ނިންމެވި ނިންމެވުމާއި ޕީޕީއެމް އުވާލަން ނިންމިއިރު އީސީއިން ބެލި ކަންތައްތަކަކީ ކޮބައިކަމާ އަދި ސިޔާސީ ޕާޓީއެއް އުވާލަން ހުށަހެޅޭ ހާލަތުގައި އިލެކްޝަނުން އަމަލުކުރާ ގޮތަކީ ކޮބާތޯ ސާފުކުރަން އެދިފައިވެ އެވެ.
އޭގެ އިތުރުން ޕީޕީއެމް އުވާލިއިރު އެ ކޮމިޝަނުން ފުރިހަމަ ކުރި އިޖުރާއަތްތަކަކީ ކޮބައިކަމާ އެ ނިންމުން ނިންމީ އިލެކްޝަންގެ ބައްދަލުވުމަކުން ނަމަ އެ ބައްދަލުވުމުގެ ޔައުމިއްޔާ ހޯދުމަށާ، ޕީޕީއެމް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވުނު ފަހުން އެ ޕާޓީގެ އަސާސީ ގަވާއިދާ އެ ގަވާއިދަށް ގެނެވުނު އިސްލާހުތަކަކީ ކަޮބައިކަމާ އަދި އަސާސީ ގަވާއިދަށް އެއްވެސް ބަދަލެއް ގެނެސްފައިވާނަމަ އެބަދަލެއް ގެނެވުނު ތާރީޚު އަންގައިދިނުމަށާ، ޕީޕީއެމް އުވާލިއިރު އެ ޕާޓީގެ ފަރާތުން ޕާޓީ އުވާލުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ކޮން އިޖުރާއަތުންތޯ އީސީއިން ސާފުކޮށްފައިވާނެތޯ އާއި ޕީޕީއެމް އުވާލިއިރު އެ ޕާޓީގައި ތިބި ޖުމްލަ މެމްބަރުންގެ އަދަދަކީ ކިހާވަރެއްތޯ އާއި ޕީޕީއެމް އުވާލުމަށްޓަކައި ޕާޓީގެ ފަރާތުން އިލެކްޝަނަށް ފޮނުވާފައިވާ އެންމެހާ ލިޔެކިޔުންތައް ހޯދުމަށާ، ޕީޕީއެމް އުވާލުމަށް އިލެކްޝަނުން ނިންމިއިރު، ޕާޓީގެ އެއްވެސް ދަރަންޏެއް އޮތްތޯ އިލެކްޝަނުން ކަށަވަރު ކުރިތޯއާ ޕާޓީ އުވާލުމަށް އިލެކްޝަނުގައި އެދުނުއިރު އެ ޕާޓީގެ ފަރާތުން ދަރަންޏާ ގުޅޭ ގޮތުން ޕާޓީއިން އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައިވޭތީ ސާފުކޮށްދިނުމަށް ވެސް އަލީގެ ފަރާތުން އީސީއަށް ފޮނުވި ސިޓީގައި އެދިފައިވެ އެވެ.
އަލީ ވިދާޅުވީ އުއްމީދު ކުރައްވަނީ ރަސްމީ 7 ދުވަހުގެ ތެރޭގައި ސިޓީއަށް ޖަވާބެއް ލިބޭނެ ކަމަށް ކަމަށެވެ.
އަމީތާބަށްފަހު އެންމެ މަގުބޫލު ތަރިއަކީ އަހަރެން: ކަންގަނާ
ބިން އަތުލެވޭ އިސްލާހާ ދެކޮޅަށް ދެހާހަށްވުރެ ގިނަ މީހުންގެ ސޮއި
ކޮންމެ ފަހަރަކީ ވެސް ތަފާތު ފަހަރެއް: ނިކޯލް