އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ އަކީ އޭނާގެ އަޑުގެ ޖާދޫގައި މުޅި ދުނިޔެ ކަހަލަ ގޮތަކަށް ޖައްސާލާފައިވާ ފަންނާނެކެވެ.
ހިންދޫ ދީނުގެ މީހަކަށް ވީނަމަވެސް، އާޝާގެ މިއުޒިކީ ހަޔާތުގައި އޭނާ ވަނީ ދީނީ އަދި ސަގާފީ ހުރަސްތައް ގިރާކޮށް، އިންސާނިއްޔަތާއި ލޯތްބަކީ ވަކި ދީނަކަށް އޮތް އެއްޗެއް ނޫންކަން ސާބިތުކޮށްދީފަ އެވެ.
އެގޮތުން 1971 ވަނަ އަހަރު އާޝާ އޭނާގެ ފުރިހަމަ އަޑުން އިސްލާމީ ދީނީ މަދަހަތަކާއި ސަނާތައް ކިޔައި، ގިނަ ބައެއްގެ ހިތްތައް އަތުލާފަ އެވެ.
އެ އަހަރު ނެރުނު ފިލްމެއް ކަމަށްވާ "ޝާން އޭ ޚުދާ"އަށް އާޝާ ކިޔައިދީފައިވާ ލަވަތަކަކީ އިސްލާމީ ރިވެތި ސަގާފަތާއި އާދަކާދަތައް ގެނެސްދޭ ލަވަތަކެކެެވެ.
އެ ފިލްމުގައި ހިމެނޭ ހަތަރު ލަވައެއް އާޝާ ކިޔައިދީފައިވާއިރު އޭގެ ތެރެއިން ވެސް "ޔާ ނަބީ ސަލާމް އަލައިކަ"އަކީ ފާހަގަ ކޮށްލެވޭ މަދަހަ އެކެވެ.
އާޝާ ކިޔާފައިވާ މަދަހަތަކުގައި ބޭނުންކޮށްފައިވާ އުރުދޫ ބަސްތަކާއި، އޭނާގެ "ތަލައްފުޒު" އަދި މަހުރަޖު ހުރި ފުރިހަމަ ކަމުގެ ސަބަބުން އެއީ ހިންދޫއަކު ކިޔާފައިވާ އެއްޗެއްކަން ވަކިކުރަންވެސް އުނދަގުލެވެ.
ސިއްހީ ހާލު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ އާދީއްތަ ދުވަހު އާޝާ މަރުވެފައިވާއިރު އޭނާގެ މި ހަދިޔާތަކަކީ އޭނާ އެންމެންނަށް ދޫކޮށްފައިވާ އަގުހުރި މުތްތަކެކެވެ.
ރަންބީރާއި އާލިއާ ސްވިޓްޒަލޭންޑްގައި!
ގެއްލިގެން ހޯދި މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ