ހުޅުމާލޭގެ އުސް އިމާރާތެއްގެ ހަވަނަ ފަންގިފިލާއިން ވެއްޓުނު ކުޑަ އަންހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު 4:45 ހާއިރު، ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ އެޕޯލޯ ޓަވަރުގަ އެވެ.
އުމުރުން އެންމެ 4 އަހަރުގެ މި ކުއްޖާ ވެއްޓުނީ އެ އިމާރާތުގެ ހަވަނަ ފަންގިފިލާގެ ބެލްކަނީން، ދެވަނަ ފަންގިފިލާގެ ބެލްކަނީގެ ފުރާޅުމައްޗަށެވެ. މި ހާދިސާ ހިނގި ވަގުތު އެ މަންޒަރު ފެނުނު މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވަނީ، ދެވަނަ ފަންގިފިލާގެ ފުރާޅު އެތަނުގައި ނެތްނަމަ ލިބޭނެ އަނިޔާ މާ ބޮޑުވާނެ ކަމަށާއި، މިއީ އޭނާގެ ހަޔާތުގައި ތަޖުރިބާކުރި އެންމެ ބިރުވެރި ވަގުތުކޮޅު ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި، ހާދިސާގެ ރިޕޯޓު ލިބުމާއެކު ކުއްޖާ ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފަ އެވެ. އަދި ފަރުވާއަށްފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ. އެނގިފައިވާ ގޮތުގައި މި ހާދިސާގައި އެ ކުއްޖާގެ އެއް އަތާއި ފައި ވަނީ ބިންދައިގެން ގޮސްފަ އެވެ.
މި ހާދިސާއާ ގުޅިގެން، މަންޒަރު ދުށް ފަރާތުން ވަނީ ކުޑަކުދިންގެ މިފަދަ ކަންކަމުގައި ބެލެނިވެރިން އިތުރަށް ރައްކާތެރިވުމަށް ނަސޭހަތްދީފަ އެވެ.
"މިއީ އަހަރެމެންގެ ދަރިން ނޭވާލާހާ ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ވެސް އަހަރެމެންގެ އަތުން ބީވެގެންގޮސްފާނެ ކަމުގެ ހަރުކަށި ހަނދާންކޮށްދިނުމެއް،" ކުއްޖާ ވެއްޓުނު ތަން ފެނުނު މީހާ ސޯޝަލް މީޑިއާގައި ލިޔެފައިވާ ޕޯސްޓްގައި ބުނެފައިވެއެވެ.
މާލެއާއި ހުޅުމާލޭގެ އުސް އިމާރާތްތަކުން ކުޑަކުދިން ވެއްޓޭ ހާދިސާތައް މީގެ ކުރިން މަދުން ނަމަވެސް ހިނގާފައިވާއިރު، ބައެއް ހާދިސާތަކުގައި ކުދިންގެ ފުރާނަވެސް ގެއްލިފައިވެއެވެ.
ހަރަކާތްތެރި ނުވާނަމަ ގައިން ގަޔަށް ނާރާ ބަލިތަކުގެ ނުރައްކާ ބޮޑު
އިޒްރޭލް ސިފައިން ޣައްޒާއިން ފައިބަން ދެކޮޅު ހަދައިފި
އެސްއެމްއީ ޑިޖިޓަލްގެ ލޯނުތައް އިސްލާމީ އުސޫލަށް ބަދަލުކުރަނީ