ރޯދަމަހަކީ ދުވާލުގެ ވަގުތުތަކުގައި ފެން ބޭނުންކުރާ މަހަކަށް ނުވާތީ ހަށިގަނޑަށް ފެން ލިބޭ މިންވަރު މަދުވުމުން ކުޑަކަމުދާ ނިޒާމަށް މިފަދަ މައްސަލަތައް ދިމާވާ މީހުންނަަށް މިމަހުގައި މިބަލީގެ އުނދަގޫ ދިމާވާލެއް ގިނަވުމަކީ އެކަށީގެންވާ ކަމެކެވެ.
މީގެ އިތުރުން ވެސް ރޯދަ މަހަކީ ކެއިންބުއިމަށް ވެސް ގިނަ ބަދަލުތަކެއް އަންނަ މަހަކަށް ވުމާއެކު ވެސް ކުޑަކަމުދާ ނިޒާމުގެ ބަލިތަައް އިތުރުވެ އެވެ.
އެހެން ކަމުން މި ރޯދަ މަހު ވެސް އެފަދަ ބަލިތަކަށް ސަމާލުވެ އެ ބަލިތަކުން ރައްކާތެރިވެ ތިބުމަށް މަސައްކަތް ކުރުމަކީ މުހިއްމު ކަމެކެވެ.
އަލާމާތްތައް
- ކުޑަކަމުދާ އިރު ދިލަނެގުމާއި ތަަދުވުން
- އުނަގަނޑުގައި ރިއްސުން
- ދަށްބަނޑުގައި ރިހުން
- ހުންއައުން
- މޭ ނުބައިކުރުމާއި ހޮޑުލެވުން
- ކުޑަކަމުދާތަކެތީގައި ލޭގެ އަސަރު ހުރުން
- ކުޑަކަމުދާތަކެތިން ނުބައި ވަސް ދުވުން
- އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން
ރައްކާތެރިވާނީ ކިހިނެއް؟
- ގިނައިން ފެންބުއިން
- ކުޑަކަމު ނުގޮސް ނުހިފެހެއްޓުން
- ޖިންސީ ގުނަވަން ސާފުތާހިރުކޮށް ގެންގުޅުން
- އެތެރެއިން ލާ އަންނައުނު ދޫކުރުން

އަބުބާރު ގްރޫޕްގެ މައްސަލަ ފުލުހުން ބަލަނީ
އީރާނުން އިޒްރޭލުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލަދީފި
މާލޭގައި އޮތް ބޮޑެތި މައްސަލަތައް ހައްލުކުރަން ވެރިކަން ބޭނުންވޭ