ދިރާގު ފިންޓެކް އިން ދިރާގުޕޭ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ޝަވަރުމާއެއް ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ. މި ހާއްސަ ޕްރޮމޯޝަންގެ ދަށުން މި ފަހަރު މި އޮފާ ލިބިގެންދާނީ ރާއްޖޭގެ މަޝްހޫރު ބާބާ ގާޑިޔާއިންނެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ، އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00އިން 6:00 އަށް، އަދި ރޭގަނޑު 8:00އިން 10:00އަށް ސޯޝަލް ސެންޓަރުގެ ބޭރު ސަރަހައްދުގަ އެވެ. މި ދުވަހު ދިރާގުޕޭ މެދުވެރިކޮށް އެންމެ ރުފިޔާއެއް ހަރަދުކޮށްގެން، ބާބާ ގާޑިޔާއިން ޝަވަރުމާއެއް ލިބިގެންދާނެ އެވެ. ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނަށް ވެސް، އަދި ދިރާގުޕޭ މުޅިން އަލަށް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް ދިރާގުޕޭ އެޕް ޑައުންލޯޑްކޮށް ރަޖިސްޓަރީކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
ދިރާގުން ވަނީ ދާދި ފަހުން ވެސް މި ފަދަ ހާއްސަ ޕްރޮމޯޝަނެއް ކުރިއަށްގެންގޮސްފަ އެވެ. އެ ޕްރޮމޯޝަންގެ ދަށުން ދިރާގުޕޭގެ ކަސްޓަމަރުންނަށް ވަނީ 1 ރުފިޔާއަށް ކޮފީ ލިބިފައެވެ.
އެއް ރުފިޔާއަށް ކޮފީ ލިބުނު މި ޕްރޮމޯޝަނަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބި ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފަ އެވެ. މިއީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގުޕޭގެ މާޗަންޓުންނާއި ގުޅިގެން ކަސްޓަމަރުންނާ ހަމައަށް ތަފާތު އޮފާތައް ގެނެސްދިނުމަށް ދިރާގުޕޭއިން ދޭ އިސްކަން ދައްކުވައިދޭ ކަމެކެވެ.
ދިރާގުގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ ދިރާގު ފިންޓެކްގެ މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމެވެ.
އުމުރު ތަފާތު ބޮޑު ދެ ލޯބިވެރިންގެ ޒުވާބު ހޫނުވެ، މާރާމާރީއެއް
އަންހެނުންނަށް ހާޓްއެޓޭކްގެ އަލާމާތްތައް ތަފާތު ވޭތަ؟
މަހުގެ ބާވަތްތަކުގެ އުފެއްދުންތައް އިތުރު ކުރުމަށް ލޯނެއް
