އިންޑިއާގެ ގައުމީ އެވޯޑުގައި " ދަ ކެރެލާ ސްޓޯރީ"އަށް އެވޯޑު ލިބުމުން ކެރަލާ ސްޓޭޓްގެ ސިޔާސީ ވެރިން އެކަމާ ހިތްހަމަ ނުޖެހިއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު އިއުލާން ކުރެވުނު ގައުމީ އެވޯޑްގެ ދެ ކެޓަގަރީއަކުން އެ ފިލްމަށް ގައުމީ އެވޯޑު ލިބިފައިވެ އެވެ. އެއީ ބެސްޓް ސިނަމެޓޮގްރަފީއާއި ބެސްޓް ޑިރެކްޓަރ ގެ އެވޯޑެވެ.
މި އެވޯޑުތައް އެ ފިލްމަށް ލިބުމާއެކު ކެރެލާގެ ޗީފް މިނިސްޓަރު ޕިނަރައީ ވިޖަޔަން ވަނީ އެ އެވޯޑްގެ ފަނޑިޔާރުންނަށް ފާޑުކިޔައި އެ ނިންމުމާ މެދު ނުރުހުން ފާޅުކޮށްފަ އެވެ.
ވިޖަޔަން ބުނީ އެ ފިލްމަށް އެވޯޑު ލިބުމަކީ އެ ފިލްމުން ފޯރުކޮށްދޭ ދޮގު މައުލޫމާތު ފަތުރަން ހިތްވަރު ދޭ ކަމެއް ކަމަށާއި އެއީ އެ ސްޓޭޓްގައި ކޮމިއުނިޒަމް ހުއްޓުވުމަށް ކުރާ މަސައްކަތަށް ހުރަސް އަޅާ ކަމެއް ކަމަށެވެ.
އެކި ދީންތަކަށް ނިސްބަތްވާ ހަތަރު ރައްޓެހިންގެ މެދުގައި އިސްލާމް ދީން ފަތުރައި ޖިހާދުގެ މަގަށް ގެންދަން ކުރާ މަސައްކަތް ދައްކުވައިދޭ އެ ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބުނެވެ.
އެހެން ނަމަވެސް އެ ކާމިޔާބާއެކު ވެސް އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި އެ ފިލްމު އެޅުވުން މަނާ ކޮށްފައިވެ އެވެ. އޭގެ ތެރޭގައި މަމްތާ ބެނާޖީގެ މޭޔަރު ކަމުގައި ހިންގާ ވެސްޓް ބެންގާލް ހިމެނެ އެވެ.