މާލޭގެ ފެނާއި ކަރަންޓާއި ގޭހުގެ އަގު މިހާރަށް ވުރެ ހެޔޮކޮށްދިނުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ހުށަހެޅުމަށް ވިލިމާލެ ދާއިރާގެ ޕީއެންސީ ކައުންސިލަރު އިބްރާހީމް ސަމާހު ދެކޮޅު ހައްދަވައިފި އެވެ.
އެކަން މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ހުސައިން ފުރުޝާނެވެ.
މި ހުށަހެޅުމަކީ މާލޭގެ ރައްޔިތުން އަސާސީ ހިދުމަތްތަކަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމުގެ މަގުސަދުގައި ކައުންސިލުގެ ޖަލްސާއަށް ހުށަހެޅުއްވި މުހިންމު ހުށަހެޅުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޖަލްސާގައި އެ ހުށަހެޅުމަށް ވޯޓަށް އަހާފައިވާއިރު، ވިލިމާލެ ދާއިރާގެ ޕީއެންސީ ކައުންސިލަރު ސަމާހު ވަނީ އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވާފަ އެވެ.
އެ ހުށަހެޅުން ފާސްވީ ސަމާހު ފިޔަވައި ހާޒިރުވި ހުރިހާ ކައުންސިލަރުންގެ އަޣްލަބިއްޔަތުންނެވެ.
ކައުންސިލަރު ފުރުޝާން ވިދާޅުވީ އަސާސީ ހިދުމަތްތައް ދޭން އުފައްދާފައިވާ ކުންފުނިތަކުން ބޮޑު ފައިދާ ހޯދުމަށް ގިނަ އަދަދެއްގެ ފައިސާ ކޮންމެ މަހަކު ރައްޔިތުންގެ އަތުން ނަގަމުން އަންނަ ކަމަށެވެ. އަދި އަސާސީ ހިދުމަތަކީ ވިޔަފާރީގެ އުސޫލުން ފައިދާ ހޯދަން ފައިސާ ނަގަންޖެހޭ ހިދުމަތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގިނަ ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ޑޮލަރު މާރެއް ނުކުރޭ"
ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނީ ސައީދު ބަދަލުކޮށްގެން: ޒިޔާދު
"ޓެރިފް ކަނޑާލުމުން މަސްގަތުމުގެ ވާދަވެރި ބާޒާރެއް އުފެދިއްޖެ"
