ކ. މާފުށި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މަރުވީ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ނ. މާފަރު، ހިތްފަސޭހަގެ، މޫސާ ހަސަން ކަމަށެވެ.
މީނާ އަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރަމުންދިޔަ 45 އަހަރުގެ މީހެކެވެ.
މޫސާ ހަސަންއަކީ މިދިޔަ އޭޕްރިލް މަހު އެމަޖަންސީ ހާލަތުގައި މާލޭ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، ފަރުވާ ދޭން ފެށި މީހެއް ކަމަށާއި މޫސާ ހަސަން ނިޔާވީ އިއްޔެ މެންދަމު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ހިތް ހުއްޓިގެން ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.
މޫސާ ހަސަން ނިޔާވުމާއެކު އެކަން މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި އޭނާގެ އާއިލާއަށާއި އިންސްޕެކްޓަ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވަނީ އަންގާފަ އެވެ.