މާލޭގެ މާފަންނުގައި ހުންނަ ގެސްޓްހައުސެއްގެ ތެރޭގައި އުމުރުން ސާޅީސް ފަސް އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި މިއަދު ހަވީރު ފެނިއްޖެ އެވެ.

ފުލުހުން ބުނީ މާފަންނު ގެސްޓްހައުސެއްގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 5:51 އެހާކަންހާއިރު ކަމަށެވެ.

މި ހާދިސާގައި މަރުވެފައި އޮއްވައި ފެނިފައިވަނީ ހއ. މޮޅަދޫ، އޯސަނިކްވިލާ، އިބްރާހީމް ނައީމެވެ.

ނައީމްގެ މަރާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުން ބަލަންޖެހޭ އެންމެހައި ކަންކަން ދަނީ އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.

ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.