ހުޅުމާލެއިން ގެދޮރުވެރިކަމަށް ކަނޑައަޅާފައިވާ ރެޒިޑެންޝަލް ޕްލޮޓްތަކުގައި ކުރިން ޓެރަސްއާއެކު ހަތް ފަންގިފިލާއަށް އިމާރާތްކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، 10 ފަންގިފިލާ އަށް އިމާރާތްކުރެވޭ ގޮތަށް ހުއްދަ ދޭން ނިންމައިފި އެވެ.
މި ހުއްދައާ އެކު 31 މީޓަރަށް (ދިހަ ބުރިއަށް) މިހާރު ރެޒިޑެންޝަލް ޕޮލޮޓްތައް ހިއްލޭނެ ކަމަށް އާބަންކޯއިން ބުންޏެވެ.
މީގެ އިތުރުން، ޕާކިންގެ އާ ޝަރުތުތައް އިތުރުކޮށް، އިމާރާތުގެ އިމުގެ ތެރޭގައި ޕާކިން ހެދުމަށް ވަނީ ކަނޑައަޅާފަ އެވެ.
މިގޮތުން، މަދުވެގެން ދެ ސައިކަލު ޕާކް ކުރާނެ ޖާގަ ކޮންމެ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް ކަނޑައަޅަން ޖެހޭނެ އެވެ. އަދި ކޮންމެ އެއް ކޮޓަރީގެ އެޕާޓްމަންޓް އަކަށް އެއް ސައިކަލު ޕާކް ކުރާނެ ޖާގަ ކަނޑައަޅަން ޖެހޭނެ އެވެ. އަދި ސައިކަލު ޕާކިންގެ ސައިޒެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މަދުވެގެން 0.8 2 މީޓަރެވެ. އަދި ކާރު ޕާކިންގެ ގޮތުގައި ކަނޑައަޅާފައި ވަނީ މަދުވެގެން 2.5 4.8 މީޓަރެވެ
އެމެރިކާގެ ނޭވީއިން ބޯޓުތަކަށް ދިން ހަމަލާގައި 5 މީހުން މަރުވި
މިދިޔަ 10 ދުވަހު ޑެންގީގެ 107 ކޭސް، އެންމެ ގިނައީ ކުޅުދުއްފުށީގަ
އެންޒައިޓީ: ނަފްސާނީ ނުތަނަވަސްކަމުން ޖިސްމާނީ ބަލިތަކަށް!
