ތަފާތު ދަތުރު ތަކަށް ލޯބިކުރާ ފަރާތްތަކަށް ހިމާލަޔާގެ އުސް ފަރުބަދަތަކުގެ މެދުގައި އޮންނަ ލަޑާކް އަކީ އަބަދުވެސް ވަރަށް ހާއްސަ މަންޒިލެކެވެ.

ސާފު އުޑާއި، އުސް ފަރުބަދަތަކާއި، ހިކިފަސް ސަހަރާގެ ހިތްގައިމު މަންޒަރުތަކަށް މަޝްހޫރު ލަޑާކަށް މިހާރު މިވަނީ އިތުރު ފުރިހަމަކަމެއް ލިބިފަ އެވެ. އެއީ މުޅި ސަރަހައްދު ގުޅުވާލަދޭ 200 ކިލޯމީޓަރުގެ އާޓް ޓްރެއިލް އެވެ.

މި މަޝްރޫއަކީ ހަމައެކަނި އާޓްގެ ކަލެކްޝަނެއް ނޫނެވެ. މިއީ 'ސާ ފެސްޓިވަލް'ގެ ނަމުގައި ކުރިއަށް ގެންދާ، ދުނިޔޭގެ އެންމެ އުސް ސަރަހައްދުގައި ބޭއްވޭ އެންމެ ބޮޑު އާޓް އެގްޒިބިޝަނެވެ.

ހިމާލަޔާސްގެ އާ ޓްރެއިލްގެ ދިގު މިނުގައި 200 ކިލޯމީޓަރު ހުރޭ.

މި އާޓް ޓްރެއިލްގެ ތެރެއިން ލަޑާކުގެ ރީތި ވާދީތަކާއި، އެކި ކަންކޮޅުތަކުގައި ބަހައްޓާފައިވާ ތަފާތު އާޓް އިންސްޓޯލޭޝަންތައް ފެނިގެންދެ އެވެ.

ދަތުރުވެރިންނަށް މި އާޓް ޓްރެއިލްގެ ސަބަބުން ލަޑާކުގެ މަންޒަރުތައް ބަލާލުމުގެ އިތުރުން، އެ ސަރަހައްދުގެ ސަގާފަތާއި ގުދުރަތީ ދިރިއުޅުން ކުރެހުންތަކާއި އާޓްގެ މަންޒަރުތަކުން ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

ވަކިން ހާއްސަކޮށް ތިމާވެށްޓާއި ސަގާފަތަށް ހާއްސަ އިސްކަމެއް ދީގެން އުފައްދާފައިވާ މި އާޓްވޯކްތަކަކީ މުޅި މާހައުލާ ގުޅޭގޮތުން ތައްޔާރު ކޮށްފައިވާ ތަކެއްޗެވެ.

ހިމާލަޔާސްގެ އާ ޓްރެއިލްގެ ދިގު މިނުގައި 200 ކިލޯމީޓަރު ހުރޭ.

މި ދަތުރުގެ ތެރެއިން "ލޭ"އިން ފެށިގެން ޑިސްކިޓްއާއި ޑިސްކިޓް މޮނާސްޓްރީ އަދި ނުބްރާ ވާދީ ފަދަ މަޝްހޫރު ސަރަހައްދުތަކަށް ދެވޭއިރު، މަގުމަތިންނާއި ފަރުބަދަތަކުގެ މެދުން ފެންނަ އާޓް އިންސްޓޯލޭޝަންތަކުން ދަތުރަށް އިތުރު ފުރިހަމަކަމެއް ގެނެސްދެ އެވެ.

ދަތުރުފަތުރަށް ލޯބިކުރާ އަދި އާޓާއި ގުދުރަތުގެ ގުޅުން ތަޖުރިބާ ކޮށްލަން ބޭނުންވާ ފަރާތްތަކަށް ލަޑާކްގެ މި އާޓް ޓްރެއިލްއަކީ ބަކެޓް ލިސްޓަށް އިތުރު ކޮށްލަން އަސްލުވެސް ވަރަށް ސަޅި، ތަފާތު ދަތުރެކެވެ.