މި މަހުގެ ނުވަ ވަނަ ދުވަހު ގއ. އަތޮޅު ފެރީން ދަތުރުކުރި އެންމެން ކަރަންޓީނުވުމަށް އެޗްޕީއޭ އިން އަންގައިފި އެވެ.
އެޗްޕީއޭ އިން މިއަދު ބުނީ ގއ. އަތޮޅު ފެރީ "ކޮއިމަލާ4" އިން މި މަހުގެ ނުވަ ވަނަ ދުވަހު ދަތުރުކުރި އެންމެން އެރަށެއްގެ ސިއްހީ ޚިދުމަތްދޭ ތަނަކަށް އެކަން އަންގަން ޖެހޭނެ ކަމަށެވެ. އަދި އެންގުމަށްފަހު މި މަހުގެ 23 ވަނަ ދުވަހާ ހަމައަށް ހޯމް ކަރަންޓީނުގައި ހުންނަންޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
ކޮވިޑްގެ ގިނަ ކޭސްތަކެއް ފެނިފައިވާ ގއ. ދެއްވަދުއިން އެ ބައްޔަށް ޕޮޒިޓިވްވި މީހަކާ ދިމާވި އެއަތޮޅު ވިލިނގިލީގެ އެކަކާއި އަދި ދާންދޫގެ ދެ މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
އެކަމާ ގުޅިގެން އެޗްޕީއޭ އިން ވަނީ އެ ދެ ރަށަށް އަރައި ފޭބުން މަނާކޮށްފަ އެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކަށް އަސްކަރީ ރައްދުދޭނެ ކަމުގެ އިންޒާރު
ހޮލީވުޑްގެ ތާރީހުގައި އެންމެ ކާމިޔާބު އާރް ރޭޓަޑް ފިލްމަކީ އޮޑިސީ
"އާވާރާޕަން 3"ގެ މަސައްކަތް ފަށަން ތައްޔާރުވަނީ؟
