ބޮލީވުޑްގެ އެކްޓަރު އިމްރާން ހަޝްމީގެ ކެރިއަރުގައި މިހާތަނަށް އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު، "އަވާރާޕަން 2" ގެ ބޮޑު ކާމިޔާބީއަށްފަހު، މި ފިލްމުގެ ތިންވަނަ ބައެއް އަތުވެދާނެތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
މި ފިލްމުގެ ވާހަކަ ލިޔުނު ބިލާލް ސިއްދީގީ ވަނީ މިކަމާ ގުޅޭގޮތުން ހިޔާލު ފާޅުކޮށްފަ އެވެ.
އިމްރާންގެ ކެރިއަރުގައި 100 ކްރޯޑްގެ ކްލަބަށް ވަތް ފުރަތަމަ ފިލްމަކީ "އަވާރާޕަން 2" އެވެ. މުޅި ދުނިޔޭގެ ބޮކްސް އޮފީހުގައި މި ފިލްމު ވަނީ 150 ކްރޯޑަށްވުރެ ބޮޑު އާމްދަނީއެއް ހޯދާފަ އެވެ.
2007 ވަނަ އަހަރު ނުކުތް "އަވާރާޕަން"ގެ ފުރަތަމަ ބަޔަކީ އޭރު ބޮކްސް އޮފީހުގައި ނާކާމިޔާބުވި ފިލްމެއް ނަމަވެސް، މިހާރު އެ ފިލްމަކީ "ކަލްޓް ކްލެސިކް" އެކެވެ.
ފިލްމުގެ ނިމުން އައި ގޮތުން، ޝިވަމް ޕަންޑިޓް (އިމްރާން ހަޝްމީ)ގެ ދަތުރު އަދި ނުނިމޭކަން ފެނިގެންދެ އެވެ. ވާހަކަ ލިޔުންތެރިޔާ ބިލާލް ސިއްދީގީ ބުނި ގޮތުގައި، ފިލްމުގެ ޕްރޮޑިއުސަރު ވިޝޭޝް ބަޓްއާއެކު މިހާތަނަށް ތިންވަނަ ބަޔަކާ ގުޅޭގޮތުން ވަކި ރަސްމީ މަޝްވަރާތަކެއް ކުރެވިފައެއް ނުވެ އެވެ. ނަމަވެސް، އޭނާ ހުރީ މި ވާހަކަ ކުރިއަށް ގެންދިއުމަށް ވަރަށް ޝައުގުވެރިވެފަ އެވެ.
"އަދި ވަކި ގޮތެއް ނުނިންމަން، ނަމަވެސް ޕްރޮޑިއުސަރުގެ ވިސްނުން ހުރިގޮތެއް ބަލަން ބޭނުން. އަޅުގަނޑު މިހުރީ މިކަމަށް ވަރަށް އެކްސައިޓްވެފައި،" ބިލާލް ބުންޏެވެ.
ނިތިން ކައްކަރު ޑައިރެކްޓްކުރި މި ފިލްމުގައި އިމްރާން ހަޝްމީގެ އިތުރުން ދީޝާ ޕަޓާނީ، ސުވިންދަރު ވިކީ، ވިޖަޔަންތު ކޯލީ އަދި އަތުލް ކުމާރު ފެނިގެންދެ އެވެ.
މި ފިލްމުގެ ކާމިޔާބީއާ ގުޅިގެން ބިލާލް ބުނީ އޭނާ މިހާރު ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށާއި، ފިލްމު ހެދުމަށް ޕްރޮޑިއުސަރު ކުރި ބުރަ މަސައްކަތް ކާމިޔާބުވުމުން އުފާކުރާ ކަމަށެވެ.
މިއީ ބިލާލްގެ ފުރަތަމަ ފިލްމީ މަސައްކަތް ކަމަށް ވުމުން، ބޮކްސް އޮފީހުގެ ނަންބަރުތަކާ މެދު ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ހުއްޓަސް، މި ލިބުނު ކާމިޔާބީ އޭނާއަށް ވަރަށް ހާއްސަ އެވެ.
ގައުމުތަކުގެ މެދުގައި ކުރާ ވިޔަފާރި އަވަސްކުރަން އެއްބަސްވުމަކަށް
އައިސީއައިއޭގެ ޕްލެޓިނަމް ޕާޓްނަރުގެ ގޮތުގައި ބީއެމްއެލް