ގަހެއްގެ ގޮފިގަނޑަކުން ޖެހި މީހަކު މަރުވެއްޖެ އެވެ.
މި ހާދިސާ ހިނގީ އައްޑޫގައި ހިންގާ ރިސޯޓެއްގަ އެވެ. ނަމަވެސް އެއީ ކޮން ރިސޯޓެއް ކަމެއް ނޭނގެ އެވެ. މި ހާދިސާގައި ނިޔާވީ އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ނިޔާވީ ދެކުނުގެ ރިސޯޓެއްގައި ގަހެއް ކަނޑަނިކޮށް، ގޮފިގަނޑެއް ވިއްސައިގެން ގޮސް ބޮލުގައި ޖެހި، އޭނާއަށް އަނިޔާވެގެން ކަމަށް މައުލޫމާތުލިބެ އެވެ. އޭނާ ނިޔާވީ އަނިޔާތަަކަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ، މީހެއްގެ ބޮލުގައި ގަހެއްގެ ގޮފިގަނޑެއް ޖެހި ސީރިއަސް އަނިޔާވި ކަމުގެ ހަބަރު ފުލުހުންނަށް މިއަދު ހެނދުނު 9:03 ގައި ލިބުނު ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ، އެމީހާއަށް ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދަނިކޮށް ނިޔާވެފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މި މައްސަލައިގައި ފުލުހުންގެ ތަގުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އީރާނުން "ގޯސްކޮށް" އުޅޭނަމަ ބޮން އަޅާނަން: ޓްރަމްޕް
ޖޯޑަންގެ ކޯޗު ބުނީ ޓީމާމެދު ފަހުރުވެރިވާ ކަމަށް
ކްރޭނުން ކޮންޓެއިނަރެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް
