ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ރަށްރަށުގައި މަޝްރޫއުތައް އަވަސްވާނެ އިސްލާހެއް ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުހައްމަދު ނިމާލް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ނިމާލް ވިދާޅުވީ ސަރުކާރުން ރަށްރަށުގައި މަޝްރޫއުތައް ހިންގަން ބިން ބޭނުންވުމުން ބައެއް ކައުންސިލްތަކުން އެ ބިން ދޫކުރަން ފަސްޖެހޭ ކަމުގެ ޝަކުވާތައް އެލްޖީއޭއަށް ލިބެމުންދާ ކަމަށެވެ.
އެގޮތުން ކައުންސިލްތަކަކީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ އިތުރުން ސަރުކާރުގެ މަޝްރޫއުތަކަށް މަގުފަހިކޮށްދޭންޖެހޭ ފަށަލައެއް ކަމަށާއި، ކޮންމެ ކައުންސިލަކުން ވެސް އެ އެއްބާރުލުން ދޭންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ކައުންސިލަކަށް ނިސްބަތްވާ ރަށެއް ނުވަތަ ސިޓީއެއްގައި ރައްޔިތުންގެ ޖަމާއީ މަންފާއަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކަށް ކައުންސިލްތަކުން ފުރިހަމަ އެއްބާރުލުން ދޭންޖެހޭނެ އެވެ. އަދި މަގުބޫލު ސަބަބެއް ނެތި އެފަދަ މަޝްރޫއަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރުމާއި، މަޝްރޫއުތައް ހުއްޓޭފަދަ ނިންމުންތައް ނިންމުމަކީ ކައުންސިލްތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް ބިލުގައި ކަނޑައަޅާފައިވެ އެވެ.
ހަމައެއާއެކު މި އިސްލާހުގެ ދަށުން ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި، އެ ތަނެއް ކައުންސިލުގެ އިހުތިސާސުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިގެންވެ އެވެ.
މީގެ އިތުރުން އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިންވެސް ބޭނުންވާ ބިންތައް ސަރުކާރަށް ނެގޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އެއްބަސްވުމާއެކު ހޮރްމުޒް ކަނޑުއޮޅި ހުޅުވާނުލާނެ: އީރާން
ބަރުދަން ލުއިކުރާ އިންޖެކްޝަންނުން 200 އަށްވުރެ ގިނަ މަރު
ފިޓްނަސް ކޯޗިން އިން އަޝަމްއަށް ލިބުނީ އާ ދިރުމެއް!