ކީވް (13 މާޗް) - ޔޫކްރެއިންގެ ދެކުނު ރަށެއް ކަމަށްވާ މެރިޓޮޕޯލްގެ މޭޔަރު ރަހީނުކޮށް އާ މޭޔަރެއް ރަޝިއާއިން އައްޔަން ކޮށްފައިވާ ކަމަށް ޔޫކްރެއިންގެ ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ކުރީގެ ސިޓީ ކައުންސިލްގެ މެމްބަރު ގަލީނާ ޑަނިލްޗެންކޯ މޭޔަރު ކަމަށް އައްޔަން ކޮށްފައިވާކަން ޔޫކްރެއިންގެ ޓީވީތައް މެދުވެރިކޮށް ވަނީ އަންގާފަ އެވެ.
ޔޫކްރެއިންގެ އިދާރާތަކުން ތުހުމަތުކުރާ ގޮތުގައި ރަޝިއާގެ ސިފައިން ވަނީ އެ ސަރަހައްދަށް ކަނޑައަޅާފައި ހުންނަ މޭޔަރު އިވާން ފެޑެރޯވް ރަހީނު ކޮށްފަ އެވެ.
މިއާއެކު ޔޫކްރެއިންގެ އޮފިޝަލުން ވަނީ އިވާން ރަހީނުކޮށްގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާއްމު ކޮށްފަ އެވެ.
އިވާން ރަހީނުކުރުމާއެކު އެތައް ހާސް ބަޔަކު ވަނީ މެރިޓޮޕޯލްގެ އެޑްމިނިސްޓްރޭޝަން އިމާރާތް ކައިރިއަށް އެއްވެ މުޒާހަރާ ކޮށްފަ އެވެ. -- ސްކައި ނިއުސް
ރޭގަނޑުގެ ނިދި "ހަރާބު" ކޮށްލާ އާއްމު 3 އާދައެއް!
ދިފާއުގައި ވާހަކަ ދައްކަން އީޝާއަކަށް ފުރުސަތެއް ނުދިން: ވަކީލު
އެމެރިކާގައި މޭވާ ރަހަތަކުގެ ވޭޕް ވިއްކުމުގެ ހުއްދަ ދީފި