އަޅުގަނޑުމެންގެ ޒަމާނީ މިޖީލުގެ ގިނަ މީހުން އަދި ޚާއްސަކޮށް ޒުވާނުންގެ މުޅި ދުވަސް ހޭދަވަނީ ކަންފަތުގައި އިއާ ބަޑް ހެޑްފޯނު އަޅައިގެން ކަމީ މިއަދު ގަބޫލު ކުރަންޖެހޭ ހަގީގަތެކެވެ.
ނަމަވެސް އޭގެ ގަދަ އަޑުފަތް ގަނޑުގެ ސަބަބުން ކަންފަތަށް ވެދާނެ ގެއްލުމަކަށް ވިސްނާލުމެއް ނެތިއެވެ. އަހަރުމެނަށް އެއްވެސް ވޭނެއް އަދި އިންޒާރެއް ދިނުމެއް ނެތި ކަންފަތުގެ އެތެރޭގެ ސެލްތަކާއި އަދި ނާރު ތައް ހަލާކު ކޮށްލަ އެވެ. ބައެއްފަހަރު ކަންފަތަށް ކުޑަ އުނދަގުލެއް ވާހެން ހީވިކަމުގައި ވިޔަސް ސަމާލު ކަމެއް ނުދެވެ އެވެ.
އެމެރިކާގެ ހާވާޑް މެޑިކަލް ސްކޫލުގެ ލެބޯޓަރީއިން ކުރި ދިރާސާއަކުން ދައްކާ ގޮތުން އިއާބަޑް ހެޑްފޯނު ބެނުންކުރާ މީހުންގެ ކަންފަތުގެ ނާރވް ފައިބާ ތަކުގެ 90 އިންސައްތަ އާއްމުގޮތެއްގައި ހަލާކުވުމަށް މެދުވެރިވެ އެވެ.
އިއާބަޑް ހެޑްފޯން އޭގެ އެންމެ ދަށް ވޮލިއުމްގައި ބޭނުން ކުރުމުން ވެސް ކަންފަތުގެ އިވުން އަބަދަށްޓަކައި ބަލިކަށިވާ ކަމަށް މި ހޯދުމުން ދައްކަ އެވެ.
އާއްމު ގޮތެއްގައި އެއަރބަޑް ހެޑްފޯނު ފަރުމާ ކުރެވިފައިވާ ގޮތުން އެއިން ފޮނުވާ އަޑު ރާޅު ބާނި އާދައިގެ އަޑުތަކަށް ވުރެ ބާރުގަދަ އެވެ. މީގެ ސަބަބުން ކަންފަތަށް އިވުމުގައި މުހިއްމު ދައުރެއް އަދާކުރާ ނާރެއް ކަމަށްވާ ސިލިއާ ތަކުގެ ބާރު ދެރަވާން ފަށަ އެވެ. އަދި އޭގެ ފަހުން މިނާރުތައް އަޑުތަކަށް އިޖާބަ ދިނުން ހުއްޓާލަ އެވެ. މަސްތަކެއްގެ ނުވަތަ އަހަރެއްހާ ދުވަސްތެރޭ ބަލިކަށިވެ ނެތިދެ އެވެ.
މިޒާތުގެ އަޑު ގަދަ ވަސީލަތް ބޭނުން ކުރާ ވަގުތު ހުންނަ އުނދަގޫ ފަހުން ރަގަޅު ވެދާނެކަމަށް އަހަރުމެންނަށް އިހްސާސް ވިކަމުގައި ވިޔަސް ހަގީގަތުގައި އެއަޑު ތަކުގެ ސަބަބުން ލިބޭ ގެއްލުން ރަނގަޅު ނުވާކަމަށް މިދިރާސާއިން ދައްކަ އެވެ.
މިސަބަބަށްޓަކައި ދެން އިއާ ބަޑް ހެޑްފޯނެއް ބޭނުން ކުރުމުގެ ކުރިން އެކަމުން ނިކުމެދާނެ ހިތި ނަތީޖާއަކާ މެދު އަމިއްލަ ސިކުނޑިން ވިސްނާލައި ފިކުރު ހިންގާލުން ރަނގަޅުވާނެ އެވެ.