ބޮލީވުޑްގެ އެންމެ މަޝްހޫރު އަދި ކާމިޔާބު އެއް އެކްޓަރު ކަމަށްވާ ދިލިޕް ކުމާރުގެ އަސްލު ނަމަކީ ޔޫސުފް ޚާން ކަމީ ގިނަ ބަޔަކަށް އެނގޭ ހަގީގަތެކެވެ.
ނަމަވެސް ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން އޭނާގެ ނަން ދިލިޕް ކުމާރަށް ބަދަލު ކުރަން ޖެހުނު އަސްލު ސަބަބަކީ ކޮބާކަން ގިނަ މީހުންނަކަށް ނޭނގެ އެވެ.
1970 ގެ އަހަރުތަކުގައި ބީބީސީގެ "ނައީ ޒިންދަގީ، ނަޔާ ޖީވަން" ޕްރޮގްރާމުގައި ޕްރެޒެންޓަރު މަހެންދުރަ ކޯލްއަށް ދެއްވި އިންޓަވިއުއެއްގައި ދިލިޕް ވަނީ މި ސަބަބު ހިއްސާ ކޮށްފަ އެވެ.
އިންޓަވިއުގައި ޕްރެޒެންޓަރު "އަސްލު ނަން ބަދަލުކުރީ ކީއްވެތޯ" ސުވާލު ކުރުމުން، ސަމާސާ ރާގެއްގައި ދިލިޕްބުނެފައިވަނީ "ތެދަށް ބުނާނަމަ ބަދަލުކުރީ ބައްޕަގެ ފަރާތުން އަނިޔާއެއް ލިބިދާނެތީ ގަތް ބިރަކުން" ކަމަށެވެ.
ދިލިޕް ކިޔައިދިން ގޮތުގައި އޭނާގެ މަރުހޫމް ބައްޕައަކީ ފިލްމީ ދާއިރާއާ ވަރަށް ދެކޮޅު، އަދި އަވަހަށް ރުޅިއަންނަ މިޒާޖެއްގެ މީހެކެވެ. ބައްޕަގެ ގާތް ރަހުމަތްތެރިޔާ ލާލާ ބަޝޭޝްވަރުނާތު ކަޕޫރުގެ ދަރިފުޅު ޕްރިތުވީރާޖް ކަޕޫރު ފިލްމު ކުޅެން ފެށުމުން، ދިލީޕް ކުމާރުގެ ބައްޕަ އަބަދުވެސް ރަހުމަތްތެރިޔާއަށް ޝަކުވާކުރެ އެވެ.
އެހެންކަމުން، އަމިއްލައަށް ފިލްމީ ދާއިރާއަށް ނުކުންނަން ނިންމި ހިނދު، ބައްޕައަށް އެކަން އެނގިއްޖެނަމަ އަންނާނެ ނުރުހުމާއި ރުޅިއަށް ބިރުން، އަސްލު ނަން ސިއްރު ކުރަން ނިންމީ އެވެ.
ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން އޭނާއަށް ބައެއް ނަންތައް ހުށަހެޅުނެވެ. އޭގެ ތެރޭގައި "ދިލީޕް ކުމާރު" އާއި "ބާސުދޭވް" ފަދަ ނަންތައް ހިމެނެ އެވެ.
އޭނާ އެދުނީ ކޮންމެ ނަމެއް ކީކަމުގައި ވިޔަސް "ޔޫސުފް ޚާން" އެ ނަމުގައި ނުބެހެއްޓުމަށެވެ. އަދި އޭގެ ދެތިން މަސް ފަހުން އިޝްތިހާރަކުން އޭނާގެ ނަމަކަށް "ދިލިޕް ކުމާރު" ހަމަޖެހުނެވެ.
އުމުރުން 98 އަހަރުގައި، 7 ޖުލައި 2021 ގައި ދިލީޕް ކުމާރު މަރުވި ނަމަވެސް، އޭނާގެ އަންހެނުން ސާއިރާ ބާނޫ އާއި ފިލްމީ ދާއިރާގެ ގިނަ ބަޔަކު އަދިވެސް އަންނަނީ އޭނާގެ ހަނދާންތައް އާ ކުރަމުންނެވެ.
ރާއްޖެ އެތެރެކުރި 800 ވޭޕް ކާޓްރިޖް އަތުލައިގެންފި
ތުރުކީގެ ކުންފުންޏަކުން ރާއްޖޭގައި 300 މިލިއަން ޑޮލަރުގެ ރިސޯޓެއް
އެމެރިކާއިން އަލުން ހަމަލާ ދޭނަމަ ރައްދު ވަރުގަދަވާނެ: އީރާން