ހެނދުނު އެންމެ ފުރަތަމަ ބުއިމެއްގެ ގޮތުގައި ގްރީން ޓީ ބޭނުންކުރުން ރަނގަޅެއް ނޫނެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ހެނދުނު ހުސްބަނޑާ ގްރީން ޓީ ބޯނަމަ އޭގެ ނޭދެވޭ އަސަރު ޗިސްމެއަށް ކުރެ އެވެ.
މިހާރު ގިނަ މީހުންނަނީ ސިއްހަތަށް ވަރަށް ބަލައިގެން ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރާ ބައެކެވެ. އެގޮތުން ހަށިގަނޑަށް ފައިދާ ހުރި ކާނާއާއި ބުއިންތައް ބޭނުން ކުރުމުގައި ވެސް ރަނގަޅު ވަގުތުތަކެއްވެ އެވެ.
ހަށިގަނޑު ދުޅަހެޔޮ ކަންމަތީގައި ބެހެއްޓުމަށާއި ބަރުދަން ލުއި ކޮށްދިނުމަށް ގްރީންޓީއަކީ ރަނގަޅު ބުއިމެކެވެ. އެހެންނަމަވެސް، ކޮންމެ ކަމެއް ކުރުމުގައިވެސް ވަކި މިންގަނޑަކާއި އުސޫލެއް އޮންނަ ފަދައިން ގްރީންޓީއަކީ ވަކި ގަޑިތަކެއްގައި ބުއިމުން އެކަމުންް ލިބޭ ފައިދާ އިތުރު ކޮންދޭ ބުއިމެކެވެ.
މެންދުރުގެ ކެއުމުގެ ދެ ގަޑިއިރު ކުރިން ނުވަތަ ދެ ގަޑިއިރު ފަހުން ގްރީން ޓީ ބުއިމަށް ލަފާދޭއިރު ކާއެއްޗަކާއެކު ގްރީންޓީ ބުއިމުގެ ސަބަބުން ކާނާގައި ހުންނަ ދަގަނޑުގެ މިންވަރު ދަންކޮށްދޭ ކަމަށް ދިރާސާތައް ބުނެ އެވެ.
ގްރީން ޓީގައި ހިމެނޭ އެންޓި އޮކްސިޑެންޓް އާއި އެންޓި އިންފުލެމެންޓްރީގެ ސަބަބުން ގްރީންޓީ ބޭނުންކުރުމުން ގައިގެ ހަންގަނޑު ތެޔޮވުން ހައްލުކޮށްދެ އެވެ.
ގްރީންޓީއަކީ ކެފެއިން އާއި އަމީނޯ އެސިޑް އެކުލެވޭ ބުއިމަކަށްވެފައި މިއީ ނިދުމުގެ އެއް ގަޑިއިރާއި ދެ ގަޑިއިރު ކުރިން ބުއިމުން އަރާމު ނިންޖެއް ގެނުވައިދޭ ބުއިމެއް ކަމަށްވެ އެވެ. އަދި ކަންކަމަށް ސަމާލުކަން ދިނުމަށްވެސް ގްރީންޓީއިން އެހީވެދޭ ކަމަށާއި ދުވާލެއްގެ މައްޗަށް އެންމެ ގިނަވެގެން ބުއިން އެކަށީގެންވަނީ ތިން ތަށި ނުވަތަ 100-750 މިލިގްރާމް ކަމަށް ދިރާސާއިން ހާމަވެ އެވެ.