ރާއްޖެއަށް ގުޑުގުޑާ ދޫނި އަންނަން ފެށީ ފަހުގެ ތާރީޚެއްގައި ކަމަށްވިޔަސް ފުރާނަ ނެތް ގުޑުގުޑާދޫނި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާއެކުގައި ރާއްޖެއަށް އަންނަން ފަށައިފި ކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.
ޝިފާއު މިހެން ވިދާޅުވީ މިއަދު މަޖިލީހުގައި އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ބަޖެޓަށް ބަހުސް ކުރަމުންނެވެ.
ފްލެމިންގޯ ނުވަތަ ގުޑުގުޑާ ދޫންޏަކީ މޫސުމާއެކު އެކި ތަންތަނަށް ހިޖުރަ ކުރާ ދޫންޏެކެވެ. މިދުވަސްވަރު ރާއްޖޭގެ ބައެއް ރިސޯޓުތަކާއި ކުޅިތަކުން މީގެ ދޫނިތައް ފެނުން ވެފައިވަނީ ވަރަށް ހިތްގައިމު މަންޒަރަކަށެވެ.
"ބޮޑު ތިލަދުންމައްޗަށް ދާދިފަހުން ގުޑުގުޑާ ދޫނި ހިޖުރަކުރަން ފެށިއަސް ދިވެހިރާއްޖޭގެ ރަށްތަކަށް ފުރާނަ ނެތް ގުޑުގުޑާ ދޫނި ރައީސް ސާލިހުގެ ވެރިކަމާއެކު ހިޖުރަ ކުރަން ފަށައިފި. ތަރައްގީގެ މަސައްކަތްތަކަށް ބޮޑެތި މެޝިނަރީތައް އަރާތާ ދެތިން އަހަރު ވެއްޖެ. ރައްޔިތުން ސިފަކުރަނީ އެވެސް ގުޑުގުޑާ ދޫނިތަކެއްގެ ގޮތުގައި،" ޝިފާއު ވިދާޅުވި އެވެ.
ޝިފާއު ވަނީ ރައީސް ސޯލިހުގެ ސަރުކާރުގައި ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ކުރިއަށްދާކަމަށް ވިދާޅުވެ މިސަރުކާރަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ތަރައްގީގެ ޕްރޮޖެކްޓުތައް ހުރީ މެކުހަށް ޖަހާފައި ކަމަށެވެ. އަދި ޝިފާއު ވަނީ ރައީސް ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ރައީސް އިބޫ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
މަހީކުރީ ސޯލިހަކީވެސް ފުރާނަނެތް ގުޑުގުޑާ ދޫންޏެކޭ ބުނިކަމަށް. ވަރަށް ރަނގަޅު. ރައީސް ޔާމީނު ސަރުކާރުގަ ހިންގި މަޝްރޫއެއް ނެތް. ލާދީނީ ސަރުކާރުގަ އަޅާ އެއަރޕޯޓަށް މިއޮންނަނީ ދެއިރު ދެދަޅައަށް އުދަ އަރާފަ. ފުޓުބޯޅަ ދަނޑުވެސް ހަމައެފަދަ. ކޮރަޕުޝަނު ޒީރޯ ޓޮލަރެންސް ވައްކަން، މާރާމާރި، ގަތުލު އާންމު، ޖިންސީ ގޯނާކުރުން މިހުރިހާ ކަމެއް ޒީރޯޓު ހީރޯ. ލާދީނީ ސަރުކާރަށް ކުރެވޭހާވެސް ކަމަކީ ހިންދޫ ކާފަރުންނަށް ގައުމު ހިބަކޮށްދިނުން. ޔާﷲ މިމުސީބާތުން އަޅަމެންނާއި އަޅަމެންގެ ސަލާމަތް ކުރައްވާނދޭވެ. އާމީން.
ސޯލިހުވެރިކަމުގާ މޑޕ އިސްލާހުވެ ސުވަރުގެ ދެވޭތޯ މަސަތްކަތް ކުރައްވީނުން. އެއިރުން ބުނަން އޮންނާނެނު ސޯލިހުގެ ވެރިކަމުގައޭ ތިމަންމެން އިސްލާހުވީ. މީ އަދި މާރަގަޅު ގޮތެއްނު. އަދި ސޯލިހު އިސްލާހުކުރަން އިސްކަމެއް ދިނުން ވ މުހިންމު