ތ. ހިރިލަންދޫ ސްކޫލަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ނުލިބި ދަރުވަރުންނަށް ކިޔެވުމަށް ދަތިވާތީ ބެލެނިވެރިން ނުކުމެ މިއަދު ސްކޫލްގައި ތަޅުއަޅުވައި ބަންދުކޮށްފި އެވެ.
ހިރިލަނމްދޫން ވާހަކަ ދެއްކި މީހަކު ބުނީ ސްކޫލްގައި ތަޅު އަޅުވަން ޖެހުނީ ދަރިވަރުންނަށް ކިޔަވަން ނުތިބެވޭ ވަރަށް ސްކޫލްގެ ހާލަތު ގޯސްވެ އެކަމަށް ސަރުކާރުން ހައްލެއް ނުލިބުމުގެ ސަބަބުން ކަމަށެވެ. ސްކޫލްގައި ކިޔަވައިދެމުންދަނީ ވަރަށް ބާ ކްލާސްރޫމްތަކެއްގައި ކަމަށާއި އެއްވެސް ކަހަލަ ނިވާ ކަމެއް ނެތް ކަމަށް ވެސް އެ މީހާ ބުންޏެވެ.
މީގެ އިތުރުން ވާރޭ ވެހޭނަމަ ކްލާސްރޫމްތަކަށް ފެންވަދެ އެތެރޭގައި ފެންބޮޑުވެ، ދަރިވަރުންގެ ފޮތްތަކާއި ގޮނޑި މޭޒު ފަދަ ތަކެތި ތެމި މިފަދަ އެތައް ކަމެއް ކުރިމަތިވަމުންދާ ކަމަށް ވެސް އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
ސޯޝަލް މީޑިއާގައި ވަނީ ހިރިލަންދޫގައި ކުރިއަށްދާ އިހްތިޖާޖުގެ ފޮޓޯތައް އާއްމުވެފަ އެވެ. އެގޮތުން ސްކޫލްގެ ބެލެނިވެރިން ބޭރު ގޭޓުގައި ތަޅުއަޅުވާ ބޯޑު ހިފައިގެން އިޖްތިޖާޖު ކުރަމުންދާއިރު ސްކޫލްގެ މުޅި ގޯތި ތެރެއާއި ކްލާސް ރޫމްތަކުގައި ފެންބޮޑުވެފައިވާ ފޮޓޯތައް ވެސް ހުއްޓެވެ.
ހިރިނަލްދޫގެ މީހަކު ބުނީ ސްކޫލް މަރާމާތުކޮށް ދަރިވަރުންނަށް ކިޔަވަން އެކަށީގެންވާ ތަނަކަށް ހަދައިދިނުމަށް އެކި ސަރުކާރުތަކުގައި ދަންނަވާތާ 15 އަހަރު ވެއްޖެ ކަމަށާއި ކޮންމެ އަހަރެއްގެ ބަޖެޓުގައި ވެސް ހިމަނައި، އެއްވެސް ކަހަލަ އަމަލީ މަސައްކަތެއް ކުރިއަށް ނުދާ ކަމަށެވެ. އަދި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުމަކީ މިއަހަރު ވެސް ބަޖެޓު ކުރެއްވި އެއްވެސް ކަމެއް ކުރެވިފައި ނުވުމާއި، ހިރިލަންދޫ ސްކޫލަށް ވުރެ ފެންވަރު ރަނގަޅު ސްކޫލްތަކުގައި ޕްރޮޖެކްޓްތައް ހިންގާއިރު ހިރިލަންދޫ ސްކޫލަށް އެއްވެސް ކަމެއް ކޮށްނުދޭތީ ކަމަށް ވެސް އެ މީހާ ބުންޏެވެ.
ސްކޫލްގެ ބެލެނިވެރިން ގޮވާލަމުންދަނީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދާ ދިނުމަށެވެ.
ހިރިލަންދޫ އާބާދީ 500 އަށް ނާރާތީވެ ހިރިލަންދޫ އެންމެނަށް މާލެ ސަރަހައްދުން ގޯތި ދީ މާލެ ސަރަހައްދަށް ބަދަލު ކުރަންވީއޭ ދެން މާލެ ސަރަހައްދުން މަހަކު 2 ހާސް އަކަފޫޓްގެ 2 ހާސް ގޯތި ދެމުންދާންވީ ހިލޭ ދޭނީވެސް 2050 ވަނަ އަހަރާއި ޖެހެން ދެން މެދުކެނޑުމެއް ނެތި އެއިރުން ދެން ރާއްޖޭގެ އާބާދީގައި 10 ހާހަށް ވުރެން މަދުން އުޅޭ ހުރިހާ ރަށްތަކުގެ މީހުން މާލެ ސަރަހައްދަށް ބަދަލު ކޮށްހަދާ ކުދިއާބާދީ ތައް ހުންނަ ރަށްތައް ފަޅު ކޮށްލާ އެތަންތަނުގައި އިންޑަސްޓްރިއަލް ޕާރކް ހެދީމާ ހުންނާނީ ރަނގަޅަށޭ