ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިގެން ކުރިއަށްދާއިރު މިއަހަރުގެ ކިޔެވުން ކުރިއަށް ގެންދަން ޖެހިފައި ވަނީ ވަރަށް ހާއްސަ ހާލަތެއްގަ އެވެ. ކޮވިޑްގެ ބިރުވެރިކަން އޮތް ދަނޑިވަޅެއްގައި ސްކޫލްގެ މާހައުލުން ދަރިވަރުންނަށް ރައްކާތެރިކަން ހޯދައިދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. މި ލިޔުމުގަައި މި ބަލާލަނީ ސްކޫލުގެ މާހައުލުގައި ދަރިވަރުންގެ ރައްކާތެރިކަން އިތުރު ކުރުމަށް ކުރެވިދާނެ ބައެއް ކަންކަމަށެވެ.
އެހެން ކުދިންގެ އެއްޗެހި ބޭނުން ނުކުރުން
އެހެން ކުދިންނަށް އެހީވުމަކީ ރަނގަޅު ކަމަކަށް ވާއިރު މި ހާލަތުގައި އެހެން ކުދިންނަށް ބޭނުން ކުރާ އެއްޗެހި ނުދޭންވީ ސަބަބު ރަނގަޅަށް ކިޔައިދޭން ޖެހެ އެވެ. އެގޮތުން ފޮތް ފަންސޫރާއި ކާން ގެންދާ އިންޓަވަލް ވެސް އެހެން ކުދިންނާ ހިއްސާ ނުކުރަން ވިސްނައިދޭށެވެ.
އަތްދޮވެ ސެނިޓައިޒް ކުރުން
ދަރިން ސްކޫލަށް ދާއިރު އަމިއްލަ ސާފުތާހިރުކަމަށް ބޭނުން ކުރަން ޖެހޭ ތަކެތި ދީފައި ފޮނުވާށެވެ. އެގޮތުން އަމިއްލަ ސެނިޓައިޒާ ފުޅިއާއި ޓިޝޫ ފަދަ ތަކެތި ދަރިންނަށް ހޯދައިދިނުން މުހިއްމެވެ.
ގައިދުރު ކުރުން
ކްލާސް ރޫމް ތެރޭގައި އުޅޭއިރު ވެސް އަދި ހަރަކާތްތަކުގައި ބައިވެރިވެ އުޅޭއިރު ވެސް އެހެން ކުދިންނާ މާ ކައިރިވެ ނޫޅުމަށް ބުނެދޭށެވެ. މިވަަގުތު ގައިދުރު ކުރުން މުހިއްމުވާ ސަބަބު ވެސް ކިޔައިދޭށެވެ.