ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މި މަހުގެ 16 ގައި ފަށަން ނިންމައިފި އެވެ.
މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މަޖިލިސް އަލުން ހުޅުވޭއިރު ޖަލްސާތައް ކުރިއަށްގެންދާނީ ތަޅުމަށް ހާޒިރުވެގެން ކަމަށެވެ.
މަޖިލީހުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ނިންމައި މެމްބަރުން ޗުއްޓީއަށް ދިޔައީ މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ.
މަޖިލީހުގެ ޗުއްޓީ ދުވަސްވަރު ދިރާސީ އަހަރުގެ ސްކޫލް ޗުއްޓީގެ ދުވަސްވަރާ ދިމާވާގޮތަށް މަޖިލީހުގެ ދެވަނަ ދައުރު އަދި ތިންވަނަ ދައުރު ބަދަލު ކުރަން މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނެވުމުގެ ސަބަބުން މަޖިލީސް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވީ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.
ހޫދުގެ މައްޗަށް އިއްވި 23 އަހަރުގެ ހުކުމް އިސްތިއުނާފުކޮށްފި
އެލްޖީއޭގެ މުވައްޒަފުން ސީވިލް ސާވިސްއަށް ބަދަލުކުރަން ފާސްކޮށްފި
ޑައިވިންއަށް ދިޔަ އިޓަލީގެ އެކަކު މަރުވެ، އިތުރު 4 މީހަކު ހޯދަނީ
