ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ 500 ކިލޯގެ އަނބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަދިޔާކުރައްވައިފި އެވެ.
ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ނަޒްމުލް ހަސަން ވަނީ އެ އަނބު ފޮށިގަނޑު ފޮރިން މިނިސްޓްރީގެ ޗީފް ޕްރޮޓޮކޯލް އައިޝަތު ޝާން ޝާކިރާ ހަވާލުކުރައްވާފައެވެ.
ހަސީނާ ރައީސް ސޯލިހަށް ހަދިޔާކުރެއްވީ އެ ގައުމުގައި މަޝްހޫރު އަނބުގެ ވައްތަރެއްކަމަށްވާ "ހަރިވަންގާ" އަނބެވެ.
ޝައިޚް ހަސީނާ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައަށް ވެސް ހަރިވަންގާ އަނބު ހަދިޔާކުރައްވާފައެވެ.
އަނބު ހަދިޔާކުރެއްވުމުން ރައީސްގެ ފަރާތުން ވަނީ ހަސީނާއަށް ޝުކުރު ދަންނަވާފައެވެ.

ދިރާގުޕޭއިން ރިލޯޑްކޮށްގެން ހިލޭ ކްރެޑިޓް ލިބޭ ޕްރޮމޯޝަނެއް!
ރިފަރެމްޑަމް ވޯޓުގައި ސަރުކާރަށް ޕީއެސްއެމްއިން ކެމްޕޭން ކޮށްދެނީ
ރޯދަ މަލާފަތް: އަނގަައަށް މީރު ކަނަމަދު ކޭކު!

ނަސީބެއްނުން 500 ކިލޯ ބަންގާޅުން އެމަނިކުފާނު ބޮލުގައި ނޭޅުވިކަން