ހިޔާ ފްލެޓްތަކުގެ އެޕާޓްމަންޓްތަކުގައި ކުރަންޖެހޭ ފިނިޝިންގެ މަސައްކަތްތައް ނިންމުމަށް ދީފައިވާ ތިން މަސްދުވަހުގެ މުއްދަތަކީ އެކަންކުރުމަށް އެކަށީގެންވާ މުއްދަތެއް ކަމަށް އެޗްޑީސީން ބުނެފި އެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވީ ފްލެޓްތަކުގައި ކުރަންހުރި މަސައްކަތްތަކަށް ބަލާއިރު، ތިން މަސް ދުވަހަކީ އެކަށީގެންވާ މުއްދަތެއްކަމަށް ގަބޫލުކުރައްވާކަމަށެވެ.
އޭނާ ވިދާޅުވީ ފިނިޝިން އަށް ތިން މަސް ދިނަސް ދިމާވާ ހާލަތަކާ ގުޅިގެން މަސައްކަތް ނުނިމިއްޖެނަމަ އެކަމަށް ރިއާޔަތްކުރުމަށްފަހު އެ މުއްދަތު އިތުރުކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުވެސް ޤަބޫލުކުރަން އެއްފަހަރާއި ވަރަށް ގިނަ ބަޔަކު ހަދަން މިއުޅެނީ. ރާއްޖެއަކީ ކޮންސްޓްރަކްޝަން ހުރިހާ މެޓީރިއަލެއް އިމްޕޯޓުކޮށްގެން މަސައްކަތް ކުރާ ޤައުމެއް. އެހެންވީމަ އެކަމުގައި ދިމާވާ ގޮންޖެހުންތަކެއް ހުރެއްޖެއްޔާ އަޅުގަނޑުމެން ކޮންސިޑަރކުރާނަން. އެހެންނޫނިއްޔާ އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ ތިް މަސް ދުވަހަކީ އެކަށީގެންވާ މުއްދަތެއްކަމަށް،" ސުހައިލް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ގާއިމް ކުރި ހިޔާ ފްލެޓްތައް ހަވާލުކުރުން ލަސްވެ ފްލެޓް ލިބުނު ފަރާތްތަކުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު ވަނީ ގާއިމް ކޮށްފަ އެވެ. އެ ފްލެޓުތައް ހަވާލުކުރުމުގައި ފްލެޓް ކޮމިޓީން އަމަލުކޮށްފައިވާ ގޮތާ މެދު ވެސް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.
3 މަސް ފިނިޝިންގ އަށް ދެނީ ނިކަމެތިރައްޔިތުންނަށް ފިނިޝިންގ އަށް ފައިސާދީފަތޯ ނޫނީ އިންޓަރެސްޓް ނައަރާގޮތަށް ލުއި ލޯނު ހަމަޖައްސަދީފަތޯ؟ ފިނިޝިންގ އަށްދޭ 3 މަހުގެ އިތުރުން 3 މަސްދުވަސް ހަމަޖެހިލަން ދިނުމަށްފަހު ކުރިންވެސް މިފުލެޓުގެ ކުލި ކަމަށް ހަމަޖެއްސި އެންމެ ބޮޑު ކުލި -/5600ރ ނޫނީ -/3800ރ 15 އަހަރަށް ނުވަތަ 25 އަހަރަށް ކުލިދައްކާ ނިމޭގޮތަށް ހަމަޖައްސަދިނުން! މިއީ އެފުލެޓުތައް ލިބިފައިވާ 6700 ދިވެހި ރައްޔިތުންގެ އާދޭސް!
ތިކަން ނުވެ ކިތައް ތިން މަސް ހިނގައްޖެތޯ. ވީއިރު ނިކަމެތިންނަށް ތިން މަސްދުވަހުން ނިންމިދާނެތޯ. އެއް ވަސްދުވަހުން ވެސް ބަޔަކު ނިންމާލަފާނެ. އެއީ ފުދުންތެރިކަން ހުންނަ މީހުންނަށް ކުރެވިދާނެ ކަމެއް.