މިރޭގެ ފަތިސް ނަމާދަށްފަހު މާލޭގެ މިސްކިތްތައް ބަންދު ކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ހަލުވިކަމާ އެކު ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާތީ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް އިތުރަށް މި ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭގެ މިސްކިތްތައް ބަންދު ކުރަން ނިންމީ ކަމަށެވެ.
އެ ނިންމުން ނިންމާފައި ވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން ކަމަށް ވެސް އެ މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.
މީގެއިތުރުން މިދަނޑިވަޅުގައި މިސްކިތަށް ވަޑައިނުގަތް ކަމުގައި ވިޔަސް ފަރުޟު ފަސްނަމާދު ބާރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ގުރުއާން ކިޔަވައި، އިސްތިޣްފާރު ކުރުމަށާއި މި ބަލިމަޑުކަމުން އަވަހަށް ސަލާމަތްކޮށްދެއްވުން އެދި ގިނަ ގިނައިން ދުއާކޮށް އުޅުމަށް ހުރިހާ ރައްޔިތުންނަށް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެ ވަސިއްޔަތް ކޮށްފަ އެވެ.
މާލެ އާއި ވިލިމާލެ މާދަމާ ބްރިޖުން ގުޅާލަނީ
ކާމިޔާބީގެ ސިއްރު: ވަގުތު "މެނޭޖް" ކުރަން ދަސްކުރުން!
ހޮލީވުޑްގެ ތާރީހުގައި އެންމެ ކާމިޔާބު އާރް ރޭޓަޑް ފިލްމަކީ އޮޑިސީ
