އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް އައްޑޫގައި ގާއިމްކުރަން އިންޑިއާގެ ކެބިނެޓުން ފާސްކޮށްފި އެވެ.
އައްޑުގައި ކޮންސިއުލޭޓް އޮފީހެއް ގާއިމްކުރަން އިންޑިއާގެ ކެބިނެޓުުން ފާސްކުރީ އިއްޔެ ބޭއްވި ޔޫނިއަން ކެބިނެޓް ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުން ޗެއާ ކުރެއްވީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.
ކެބިނެޓް ނިންމުމުގައި ބުނެފައި ވަނީ ރާއްޖެއަކީ، އިންޑިއާ އިން ގެންގުޅޭ "ނައިބަހުޑް ފަސްޓް ޕޮލިސީ" އާއި ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން (ސާގަރް)ގެ ދަށުން ވަރަށް މުހިންމު ގައުމެއް ކަމަށެވެ. އަދި ރާއްޖެ އާއި އިންޑިއާއަކީ ސަގާފީ ގޮތުންނާއި ދީނީ ގޮތުންނާއި ބަހަވީ ގޮތުން އެއްގޮތްކަމެއް ހުރި ދެ ގައުމު ކަަމަށާއި އަދި ވިޔަފާރީގެ ގުޅުން ވެސް ބަދަހި ދެ ގައުމު ކަމަށެވެ.
އެ ބައްދަވުމުގައި އިތުރަށް ފާހަގަކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގޮސްފައިވާ ކަމަށާއި އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުވެގެން ދިއުމުން، ރާއްޖޭގައި އިންޑިއާގެ ޑިޕްލޮމެޓިކް ޕްރެސެންސް އިތުރަށް ވަރުގަދަ ވާނެ ކަމަށެވެ. ހަމައެއާއެކު އިންޑިއާގެ މިޝަން އެއް އައްޑޫ ސިޓީގައި ގާއިމް ކުރަން ނިންމާފައިވަނީ އެ ގައުމުގެ "ސަބްކާ ސާތް ސަބްކާ ވިކާސް" ނުވަތަ އިންޑިއާ އިން ފުދުންތެރި ގައުމަކަށް ވުމަށާއި، ގައުމުގެ ތަރައްގީ އާއި ކުރިއެރުމަށް ކުރާ މަސައްކަތުގެ ދަށުންނެވެ.
މީގެ އިތުރުން އިންޑިއާގެ ޑިޕްލޮމެޓިކް ޕްެރެސެންސް އިތުރުކުރުމަކީ އިންޑިއާގެ ކުންފުނިތަކަށް ކުރިއެރުމަށް ލިބޭ ފުރުސަތެއް ކަމަށް ވެސް އިންޑިއާއިން ދެކެ އެވެ. އެގޮތުން އެ ގައުމުގެ ކުންފުނިތަކުގެ އުފެއްދުންތައް އެކްސްޕޯޓުކޮށް، މާކެޓު ކުރުމަށް މިއާއެކު އިތުރު ފަސޭހައެއް ލިބޭނެ ކަމަށް އިންޑިއާ ސަރުކާރުން ދެކެ އެވެ.މިއީ "އާތްމާ ނިބަރް ބާރަތް" ނުވަތަ ސެލްސް ސަފިޝަންޓް އިންޑިއާ އަކަށް ވުމަށް ކުރާ މަސައްކަތާ ވެސް ސީދާ ގުޅުން ހުރި ކަމެކެވެ.
އިންޑިއާއިން އައްޑޫގައި ގާއިމްކުރަން ނިންމި ކޮންސިއުލޭޓް އޮފީސްއާ ގުޅޭގޮތުން ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ، އެއީ އިންޑިއާގެ ނިންމުމެއް ކަމަށާއި އެކަމަށް ކޮމެންޓް ކުރަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ގާނޫނުތަކާއި ވިއެނާ ކޮންވެންޝަނާ އެއްގޮތަށް ޑިޕްލޮމެޓިކް މިޝަންތައް ގާއިމުކުރަން ލިބޭ ހުށަހެޅުންތައް ބަލައިގަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިއީ އެމްޑީޕީގެ ގައުމެއްނޫން ހުއްދަ ދީގެންނުވާނެ.