ކޮލަމްބޯ (19 މެއި) - އަވަށްޓެރި ސްރީލަންކާގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދާތީ އެ ގައުމަށް ދަތުރުކުރާ ހުރިހާ ބައިނަލްއަގުވާމީ ފްލައިޓްތައް މެދުކަނޑާލަން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
ސްރީލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރުނު ބަޔާނެއްގައި ވަނީ މި މެއި މަހު 21 ވަނަ ދުވަހުގެ 11:59 ން ފެށިގެން ދިހަ ދުވަހުގެ މުއްދަތަށް ބޭރުގެ ގައުމުތަކުނު އެ ގައުމަށް ވައިގެ ދަތުރުކުރުން މަނާވާނެ ކަމަށެވެ.
ނަމަވެސް މި މުއްދަތުގައި ވެސް އެ ގައުމުގެ ރައްޔިތުންނަށް އެ ގައުމުން ބޭރަށް ދަތުރުކުރެވޭނެ ކަމަށާއި ސްރީލަންކާއިން އެހެން ގައުމުތަކަށް ފްލައިޓް އޮޕަރޭޓް ކުރުމުގެ ހުއްދަ އޮންނާނެ ކަމަށެވެ.
އެ ގައުމަށް ޕެސެންޖާ ފްލައިޓްތައް މެދުކަނޑާލި ކަމަށް ވިޔަސް ކާގޯ ފްލައިޓްތައް މެދުކެނޑުމެއް ނެތި ކުރިއަށް ދާނެ އެވެ.
ސްރީލަންކާއަކީ ދެކުނު އޭޝިއާގައި ކޮވިޑް 19 ވަރަށް ބޮޑަށް ކޮންޓްރޯލް ވެފައި އޮތުމަށްފަހު މިހާރު ހާލަތު ގޯސްވަމުންދާ ގައުމެކެވެ.-- ނިއުސް ވަޔާ

އަހަރުގެ ފުރަތަމަ 2 މަސްތެރޭ އާސަންދައާއި ސަބްސިޑީއަށް 2 ބިލިއަން
އިންތިހާބާ ދިމާކޮށް އުލިގަމުގައި ޔޮޓް މެރީނާ ހަދަން ހަވާލުކޮށްފި
ރަމަޟާން މަހުގެ 27 ވިލޭރޭ ހަރަމްފުޅު ފުރި ބާރުވެއްޖެ