ދަރިންގެ ހަރަދު ނުދޭ މީހަކު ޖަލަށްލައި, އޭނާގެ ފޮޓޯ އާއްމުކޮށްފި އެވެ.
ދަރިންނަށް ހަރަދު ނުދޭތީ ތަންފީޒީ ފިޔަވަޅެއްގެ ގޮތުން ކ. ކާށިދޫ ހެޕީނައިޓް، އަހްމަދު އަންވަރު ދެ މަސް ދުވަހަށް ޖަލަށްލާން ހުކުމްކުރީ ނ. ލަންދޫ ކޯޓުންނެވެ. އަދި އެ ހުކުމަށްފަހު އޭނާގެ ފޮޓޯއާއެކު މައުލޫމާތު އާއްމުކުރީ އާއިލާއާ ބެހޭ ގަވާއިދުގެ ދަށުން ކަމަށް ކޯޓުން ކުރި އިއުލާނުގައިވެ އެވެ.
ހުކުމާ އެއްގޮތަށް ދަރިންނަށް ހަރަދު ނުދޭ މީހުންގެ ވަނަވަރު އާންމުކޮށް އިއުލާން ކުރަން އާއިލާއާ ބެހޭ ގަވާއިދުން ދަށުން ހުއްދަ ކުރެ އެވެ.
ދަރިންގެ ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކުރަން އެންމެ ފުރަތަމަ ފެށީ، 2024 ވަނަ އަހަރުގެ ފަހުކޮޅު ހިސާބުގައި ޅ. ހިންނަވަރު ކޯޓުންނެވެ. އޭގެފަހުން މިދިޔަ އަހަރު ފެމިލީ ކޯޓުންނާއި ހދ. ކުޅުދުއްފުށީ ކޯޓުން ވެސް ވަނީ އެފަދަ މީހުންގެ މައުލޫމާތު އާއްމުކޮށްފަ އެވެ.
ދަރިންނަށް ހަރަދު ނަގައި ދިނުމުގެ ގަވާއިދުތައް އޮންނަ ގޮތުން މިހާރު ނަގައިދެނީ އެންމެ ކުއްޖެއް ހުރި ނަމަ މަހަކު 2،000ރ. އަދި އެއް ކުއްޖަކަށް ވުރެ ގިނަވެއްޖެ ނަމަ ކޮންމެ ކުއްޖަކަށް މަހަކު 1،000ރ. ގެ ރޭޓުންނެވެ.
ކަސްޓަމްސްއަށް 26 އޮފިސަރުން ހޯދަނީ
ޑޮލަރުގެ ދަތިކަން ބޮޑުވީ 500 މިލިއަންގެ ސުކޫކު ދެއްކުމުން: ޒަރީރު
ކޮމާޝަލް ޔުނިޓްތަކުގެ ތަފްސީލް ދޭން އެފްޑީސީން ދެކޮޅު ހަދައިފި
