ނޭޝަނަލް ސާވިސް ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ވެސް ކުރިމަތިލެވޭ ގޮތަށް، އެސިސްޓެންޓް ކަސްޓަމްސް އޮފިސާ ޓްރޭނީގެ މަގާމަށް 26 މުވައްޒަފުން ހޯދުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އިއުލާންކޮށްފި އެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށް ހުޅުވާލެވިފައިވާ މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ތިން ގޮތަކުން ފުރުސަތު ދީފައިވެ އެވެ. އެގޮތުން ސާނަވީ އިމްތިހާނަކުން ދެ މާއްދާއިން 'ޑީ' ފާސް ލިބުމާއެކު ދިވެހި މާއްދާއިން 'ސީ' ފާސް ލިބިފައިވުން، ނުވަތަ ކަސްޓަމްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ލެވެލް ތިނެއްގެ ސަނަދެއް އޮތުމާއެކު ދިވެހިން 'ސީ' ފާސް ލިބިފައިވުން ހިމެނެ އެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ނޭޝަނަލް ސާވިސް ޕްރޮގްރާމް ނުވަތަ ކަސްޓަމްސްއާ ގުޅުންހުރި ގައުމީ ޕްރޮގްރާމެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށް ވެސް މި މަގާމަށް ކުރިމަތިލެވޭނެ އެވެ.
މި މަގާމަށް ހޮވޭ މުވައްޒަފުންނަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 5،000 ރުފިޔާ އަދި މަގާމުގެ އެލަވަންސްގެ ގޮތުގައި 4،660 ރުފިޔާ ލިބޭނެ އެވެ. އޭގެ އިތުރުން އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 75 ރުފިޔާގެ އިނާޔަތަކާއެކު، ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކާ އެއްގޮތަށް ކޮއްތު ފައިސާއާއި، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ ފައިސާ ލިބޭނެ އެވެ. އަދި މި މަގާމަށް ހޮވޭ ފަރާތްތަކުން ކަސްޓަމްސް ސްޓަޑީޒް ކޯސް ފުރިހަމަކުރަން ޖެހޭނެ އެވެ.
މި މަގާމަށް އެދި ހުށަހަޅަން ޖެހެނީ ކަސްޓަމްސްގެ ވެބްސައިޓުގައިވާ ރެކްރޫޓްމެންޓް ޕޯޓަލް މެދުވެރިކޮށް، އަންނަ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި ވަޒީފާއަށް މީހުން ހޮވުމުގައި ތައުލީމީ ފެންވަރަށް ބެލުމަށްފަހު ފިޒިކަލް ފިޓްނަސް ޓެސްޓެއް ބާއްވާނެއެވެ. އަދި އެ ޓެސްޓުން ފާސްވާ ފަރާތްތަކަށް ޕްރެޒެންޓޭޝަނަކާއި އިންޓަވިއުއެއް އޮންނާނެ އެވެ.
މީގެ ކުރިން މި އަހަރުގެ މާރިޗު މަހުގެ 28 ވަނަ ދުވަހު ކުރި އިއުލާނުގެ ދަށުން ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުތު ހަމަވާ ފަރާތްތަކަކީ، މި އިއުލާނުގެ ދަށުންވެސް ކުރިމަތިލާފައިވާ ފަރާތްތަކެއްގެ ގޮތުގައި ބަލާނެ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ.
ސެލީނާއަށް 1.2 މިލިއަން ޑޮލަރުގެ މަކަރާއި ހީލަތުގެ ދައުވާއެއް!
މެންބަރުންގެ ހެލްތު އިންޝުއަރެންސް ލިމިޓު 1.35 މިލިއަނަށް!