ރާއްޖޭގެ މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، ހއ. އުތީމުގައި ބިނާކުރި "ބޮޑުތަކުރުފާނު ދޮރޯށި" ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރަސްމީކޮށް އިފްތިތާހް ކޮށްދެއްވައިފި އެވެ.
މި ބިނާއަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރުމަށްޓަކައި ޖިހާދުކުރެއްވި ދިވެހި އުއްމަތުގެ ހަ ފަހުލަވާނުންގެ ޒިކުރާ އާކޮށް، އެ ބޭފުޅުންގެ މަތިވެރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބިނާކުރެވުނު ހަނދާނީ ބިނާއެކެވެ.
މި މަޝްރޫއަކީ ޣާޒީ ބަންޑާރައިން މަޝްރޫއުގެ ދަށުން ކުރިއަށް ގެންދެވުނު މުހިންމު މަސައްކަތެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އުތީމުގައި މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މި ބިނާ އިފްތިތާހު ކޮށްދެއްވުމަށްފަހު، ރައީސް ވަނީ ބިނާ ބައްލަވާލައްވައި، ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށްޓަކައި ގައުމީ ބަތަލުން ވެވަޑައިގެންފައިވާ ގުރުބާނީގެ ހަނދާންތައް އާކުރައްވާފަ އެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ދައުލަތުގެ އިސްވެރިންނާއި، އުތީމު ކައުންސިލްގެ މެންބަރުންނާއި، ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.
އެކުވެރިން ހޯދުމުގައި ދަރިފުޅަށް އެހީ ވެދޭނީ ކިހިނެއް؟
އިޒްމީރު: ތާރީހާއި މީރު ރަހަތަކާއި ގުދުރަތީ ހިތްގައިމުކަން!
"އެމްޑީޕީއަށްވުރެ މުއިއްޒު ރަނގަޅޭ ވިދާޅުވީ ސަނާ ކިޔާކަށް ނޫން"