ރާއްޖޭގައި މަސައްކަތްކުރި މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ އޮކްޓޫބަރު، 2021 ގައި މަރާލި ކަމަށް ބުނެ މާވިންގެ މައްޗަށް ދައުވާ ކުރީ މޭރީ އަމިއްލައަށް ދަންޖެހިގެން މަރުވީ ކަމަށް ބުނެ އެކަން ރިޕޯޓްކުރި ނަމަވެސް އޭނާ މަރާލާފައިވާކަން ހާމަވުމުންނެވެ.
އެ މައްސަލާގައި މާވިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރިން ނިންމާފައިވާއިރު, މިއަދު އޭނާގެ މައްޗަށް އަދަބު ކަނޑައެޅީ އޭނާ ކުށްކުރި ގޮތަށް ބެލުމަށްފަހު އަދަބު ދަރަޖަ މަތި ކުރުމަށްފަހު އެވެ.
އެގޮތުން އެ ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުން ކަމަށްވީ ނަމަވެސް އޭނާގެ އަދަބުގެ ދަރަޖަ މަތިކޮށް, 25 އަހަރަށް ޖަލަށްލާން ހުކުމްކުރީ ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލާގައި ބަންދުގައި ހުއްޓާ މާވިން އިސްލާމްވެ އަދި އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައިވެ އެވެ.
އެ މައްސަލާގައި މާވިންގެ އިތުރުން ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ދައުލަތުން ދައުވާތަކެއް ކުރެ އެވެ. އަދި ލަމްހާގެ މައްޗަށް ވެސް ކުށް ސާބިތުވެފައިވާއިރު, އޭނާގެ މައްޗަށް ވެސް އަދަބު ކަނޑައަޅަން މިއަދު ވަނީ ތާވަލްކޮށްފަ އެވެ.
ޕާކިސްތާނުގައި ތަނެއްގެ ފުރާޅު ވެއްޓި 14 ކުދިން މަރުވެއްޖެ
ހަރްޝަދު ކައިވެނި ނުކޮށް ހުރި ސަބަބު ބުނެދީފި