ރާއްޖޭގެ ޑޮލަރުގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދަނީ ދަރަނި އަލުން އެކުލަވާލުމުގެ ހަރުދަނާ ޕްރޮގްރާމެއް ނެތުމާއި ދައުލަތުގެ ހަރަދުތައް ކުޑަނުކުރެވުމުގެ ސަބަބުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ޑޮލަރުގެ އަގު ދަށްނުވެ ހިފެހެއްޓިފައިވާ ސަބަބާ ގުޅޭގޮތުން ކުރީގެ ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ސުވާލުކުރެއްވުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ރާއްޖެ ދަރަނިވެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އިގްތިސާދާމެދު އިތުބާރު އުފެއްދުމަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި ކުރީގެ ރައީސް ސޯލިހުގެ ސަރުކާރަށް އެކަން ނުކުރެވުނު ކަމަށާއި، ގައުމު ދަރަނިވެރިކޮށްލީ އެ ސަރުކާރުން ކަމަށްވެސް ސައީދު ވަނީ ތުހުމަތުކުރައްވާފަ އެވެ.
ސައީދުގެ މި ވާހަކަފުޅުތަކަށް ރައްދުދެއްވައި، ކުރީގެ ރައީސް ނަޝީދު އެކްސްގައި ވިދާޅުވީ ރާއްޖޭގައި ޑޮލަރުގެ އަގު ތިރިނުވެ ހުރި މައިގަނޑު ސަބަބަކީ ދަރަނި އަލުން އެކުލަވާލުމުގެ ހަރުދަނާ ޕްރޮގްރާމެއް ސަރުކާރުން ތަންފީޒުކުރަމުން ނުދިއުން ކަމަށެވެ. މީގެ އިތުރުން، ދައުލަތުން ޑޮލަރުން ކުރަމުންދާ ހަރަދުތައް ކުޑަކުރެވިފައި ނުވުމަކީވެސް މި މައްސަލަ ހައްލުނުވެ ދިގުލައިގެންދާ ސަބަބެއްކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.
މި ސަރުކާރު ވެރިކަމަށް އައީ ޑޮލަރުގެ މައްސަލަ ހައްލުކޮށް، ކަޅުބާޒާރުގެ މުއާމަލާތްތައް ނިމުމަކަށް ގެންނާނެކަމުގެ ވައުދާއެކުގަ އެވެ. ނަމަވެސް، ސަރުކާރަށް ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރުވެސް، ޑޮލަރު ލިބުމުގެ ދަތިކަމަށް އެކަށީގެންވާ ހައްލެއް ލިބިފައިނުވާތީ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
"ޑޮލަރުގެ އަގާ ގުޅޭ ގޮތުން އަހަންވީ ކުރީ ރައީސުން ގާތު
ލީވާންގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު ތާވަލުކޮށްފި
