ފީފާ ވޯލްޑް ކަޕްގެ ގަދަ 32ގެ ބުރުގައި ރޭ ނެދަލޭންޑްސް އަތުން ޕެނަލްޓީ ޖަހައިގެން 3-2 އިން މޮޅުވެ، މޮރޮކޯ މުބާރާތުގެ ގަދަ 16ގެ ޖާގައެއް ހޯދައިފި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވައިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. މެޗުގެ ދެވަނަ 72 ވަނަ މިނިޓުގައި ނެދަލޭންޑްސްގެ އިން ލީޑު ހޯދީ ކޯޑީ ގަކްޕޯ ޖެހި ލަނޑުންނެވެ.

އެކަމަކު މެޗުގެ އިތުރު ވަގުތުގައި މޮރޮކޯގެ އީސާ ޑިއޮޕް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަަމަހަމަކޮށްފަ އެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ނެދަލޭންޑްސްގެ ސްރީސެންސިއޯ ސަމާވިލް ފޮނުވާލި އެ ޓީމުގެ ހަތަރު ވަނަ ޕެނަލްޓީ މޮރޮކޯގެ ގޯލްކީޕަރު ޔަސީން ބޮނޫ ވަނީ ދިފާއުކޮށްފަ އެވެ. އަދި މޮރޮކޯ އިން މެޗުން މޮޅުވީ އިސްމާއިލް ސައިބާރީ ޖެހި ޕެނަލްޓީ ކާމިޔާބުވުމުންނެވެ.

ގަދަ 16ގައި މޮރޮކޯއާ ދެކޮޅަށް ނުކުންނާނީ ކެނެޑާ އެވެ.

ގަތަރުގައި 2022 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި މޮރޮކޯ ގަދަ 16އަށް ދަތުރުކުރަމަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި އެފްރިކާގެ ގައުމުތަކަށް އޮތް އުންމީދު އާވާނެ ކަމެކެވެ. މޮރޮކޯއަކީ މި އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16ގެ ޖާގައެއް ހޯދި ފުރަތަމަ ގައުމެވެ.