ހުޅުމާލެ ފޭސް 1 ގައި ހުންނަ ގެއެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން، މަސްތުގެ ހާލަތުގައި ތިބި ކަމަށް ބެލެވޭ ހަތަރު ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 6:05 ހާއިރު އެވެ. އެޕާޓްމަންޓެއްގެ ތެރޭގައި އަޑުގަދަކޮށް ހަމަނުޖެހުން ހިންގަމުންދާ ކަމުގެ ޝަކުވާ ލިބިގެން ފުލުހުން އެ ތަނަށް ގޮސް ބެލިބެލުމުން، ބަނގުރާ ހުސްކޮށްފައި ހުރި ފުޅިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރާއި 29 އަހަރުގެ ދެ އަންހެނުންގެ އިތުރުން، 24 އަހަރާއި 34 އަހަރުގެ ދެ ފިރިހެނުންނެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ އެޕާޓްމަންޓް ތެރޭގައި ތިބި މީހުންގެ މެދުގައި ބޮޑެތި ދެބަސްވުންތަކެއް ހިނގާފައިވެއެވެ. އަދި އެ ތަނުގައި ތިބި އަންހެނަކާއި ފިރިހެނަކު ބޭއަދަބީކޮށް ގައިގޯޅިވެ އުޅޭ މަންޒަރުވެސް ބައެއް ވީޑިއޯތަކުން ފެނެ އެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި ހާދިސާ ހިނގި އެޕާޓްމަންޓް މިހާރު ވަނީ ބަލައި ފާސްކޮށްފަ އެވެ. އަދި މައްސަލައިގެ ތަހުގީގަށް ބޭނުންވާ މުހިންމު ހެކިތައް އެ ތަނުން އެއްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ސްވިޑްން އާ އެއްވަރުކޮށް ޖަޕާން ދެވަނަ ބުރަށް
އީރާނާއެކު އެއްބަސްވުމަކަށް ހުރިހާ ކަމެއް ފުރިހަމަ ނުވާނެ: ރޫބިއޯ
މޯލްޑިވްސް 2.0 ގެ ތެރެއިން އީ-ވޯޓިން ނިޒާމެއް ނުގެންނާނެ: ރައީސް