ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އައްޔަންކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާ އެކު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އީސީއަށް ޝަކީލް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ހަފުތާގަ އެވެ. ޝަކީލަކީ ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ޝަކީލަށް ރުހުން ދިނުމަށް އިއްޔެ ފާސްކޮށްފައި ވާއިރު، މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ ރިޕޯޓަށް ވޯޓަށް އަހައި 51 މެންބަރުންގެ އަގުލަބިއްޔަތުން އޭނާ އެ މަގާމަށް އައްޔަން ކުރަން ވަނީ ފާސްކޮށްފަ އެވެ. މި ވޯޓުގައި ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 7 މެންބަރުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމު ހުސްވީ، ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހުގެ ތެރޭގައި އިސްތިއުފާ ދެއްވުމުންނެވެ. ޒާހިދުގެ ބަދަލުގައި އެ މަގާމަށް އައްޔަން ކުރަން ރައީސް އިހްތިޔާރު ކުރެއްވި ހަމައެކަނި ބޭފުޅަކީ ވެސް ޝަކީލެވެ.
ޝަކީލަކީ މިހާރު ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅާ އެވެ. އޭނާ ވަނީ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމާއި، އެ ޕާޓީގެ ސެނެޓް މެންބަރުކަމާއި އިންތިހާބާ ބެހޭ ކޮމިޓީގެ އިސް މަގާމުތައް ފުރުއްވައިފަ އެވެ. ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަންކުރައްވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.
ބެކަމް އާއިލާގެ ކޯޅުމަށް ނަޒަރެއް: ކާކު ބުނީ ކީކޭ؟
ޖިންސީ ގޯނާކުރި މީހަކު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި
ވ. ދެރަކަމެއްތީ. ދެންކިހިނެއް. ކިޔު ފަޅާފަ މީހުން ހައްޖަށޭ. ކިޔާފަ ފޮނުވާގެން ކޮންމެ މީހެއްގެ އަތުން 7000. ރުފިޔާ ލިބޭނީ
ރިޕްލައި