އީރާނާއި އެމެރިކާއިން ސްވިޒަލޭންޑްގައި ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުން ދަނިކޮށް ލުބުނާނުގައި އީރާނުގެ އެހީގައި ހަރަކާތްތެރިވާ ފަރާތްތަކުން އުފައްދާ ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމަށާއި އެކަން އެގޮތަށް ނުކޮށްފިނަމަ، މިދިޔަ ހަފުތާއަށްވުރެ މާ ވަރުގަދަ ހަމަލާތަކެއް އީރާނަށް ދޭނެ ކަމަށް ވިދާޅުވެ ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ.
ޓްރަމްޕް މި އިންޒާރު ދެއްވީ އާދިއްތަ ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރުތަކާ ގުޅިގެން، އީރާނަށް ބިރުދެއްކުމާ ދެކޮޅަށް އެ ގައުމުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް އާދީއްތަ ދުވަހު ވަނީ އެމެރިކާއަށް އިންޒާރު ދެއްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އީރާނުގެ ސިފައިން ތިބީ ކޮންމެ ވަގުތެއްގައިވެސް ރައްދު ދިނުމަށް ތައްޔާރުވެގެންނެވެ.
ލުބުނާނުގެ ހިޒްބުالله ޖަމާއަތަށް އީރާނުން އެހީތެރިކަން ފޯރުކޮށްދޭތީ، އެ ގައުމަށް ހަމަލާދޭނެ ކަމަށް ބުނެ ޓްރަމްޕް ދެއްވި އިންޒާރަށް ރައްދު ދެއްވަމުން ގާލީބާފް ވިދާޅުވީ، އެމެރިކާގެ އިންޒާރުތަކަކީ އީރާނުން އެއްވެސް ބުރަދަނެއް ދޭ ކަންކަމެއް ނޫން ކަމަށެވެ. އަދި އެމެރިކާގެ އިންޒާރުތަކުން އެއްވެސް ނަތީޖާއެއް ނުކުންނާނެ ނަމަ، މިއަދު އެ ގައުމު އޮންނާނީ މިހާރު ފެންނަ ފަދަ ނިކަމެތި ހާލަތެއްގައި ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
"އެމެރިކާއިން ވާހަކަ ދެއްކުމުގައި މިއަށްވުރެ ބޮޑަށް ސަމާލުވާންޖެހޭ. އަޅުގަނޑުމެންގެ ސިފައިން މިތިބީ މުޅިން ތަފާތު ގޮތަކަށް ރައްދު ދިނުމަށް ތައްޔާރުވެގެން. އެމީހުން ކޮންމެ އެއްޗެކޭ ބުންޏަސް، އަމަލީ ގޮތުން ކަންކަން ކުރާނީ އަޅުގަނޑުމެން،" ގާލީބާފް ވިދާޅުވިއެވެ.
އިޒްރޭލާއި ހިޒްބުالله އާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގެ ސަބަބުން ސަރަހައްދީ ސުލްހައަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ. ނަމަވެސް އާދީއްތަ ދުވަހުގެ އިރުއޮއްސުމާ ހަމައަށް އިޒްރޭލުގެ ހަމަލާއެއް ނުވަތަ އިތުރު ކުރިމަތިލުމެއް ހިނގި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
ގާލީބާފް މި މޭރުމުން ވާހަކަދައްކަވާފައިވަނީ، މި ހަފުތާގެ ކުރީކޮޅު ހަނގުރާމަ ހުއްޓާލުމުގެ މަގުޗާޓެއްގައި ސޮއިކުރުމަށްފަހު، ސްވިޒަލޭންޑުގައި ޕާކިސްތާނާއި ގަތަރު މެދުވެރިވެގެން އެމެރިކާއާއި އީރާނުން މަޝްވަރާތައް ބާއްވަމުންދަނިކޮށެވެ.
އީރާނުގެ ފާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްރަމްޕްގެ އިންޒާރުތަކާ ގުޅިގެން މި މަޝްވަރާތައް މިހާރު ވަނީ މެދުކަނޑާލާފަ އެވެ. ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އަދި މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މިމަހުގެ ކުރީކޮޅު ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމުގެ ފުރަތަމަ މާއްދާގައި ބަޔާންކޮށްފައިވަނީ، އެއް ގައުމަކުން އަނެއް ގައުމަކަށް ބިރުދެއްކުމާއި ބާރުގެ ބޭނުންކުރުމުން ދުރުހެލިވާންޖެހޭނެ ކަމަށެވެ.
މިނިސްޓްރީއާ ދެމެދު އޮތް މައްސަލަ ހައްލުކުރަން އެލްޖީއޭއަށް
ގަވައިދާ ހިލާފަށް ސެޓްފިކެޓް ދޫކުރުމުން އެވިޑް ޖޫރިމަނާކޮށްފި
ދަރަވަންދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި