އަދަދު ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމާ ގުޅިގެން ކުރި މުޒާހަރާ އިން ހައްޔަރުކުރި ސޯޝަލް މީޑިއާ އެކްޓިވިސްޓު ޝަމްއޫނު ޖަލީލު (ލޫކަސް) ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
މިދިޔަ ހަފްތާގައި އޭނާ ހައްޔަރުކުރީ މަޖިދީ މަގު ޗާންދަނީ މަގު ކަންމަތީގައި ކުރި މުޒާހަރާއެއްގެ ތެރެއިންނެވެ. އޭނާގެ ބަންދަށް ކޯޓުން ޖެހީ 10 ދުވަހެވެ.
ބަންދުގައި ހުރެ އޭނާ ވަނީ ބޭއިންސާފާ ދެކޮޅަށް އަޑުއުފުލަށް ގޮވާލައި އާންމުންނަށް މެސެޖެއް ފޮނުވާފަ އެވެ.
އެކި ފަރާތްތަކަށް ހައްގުތައް ހޯދައިދިނުމަށް އޭނާ އަބަދުވެސް ގެންދަވަނީ ވަކާލާތު ކުރަމުންނެވެ.
ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ލޫކަސް ގެންދަނީ ސަރުކާރުން ކުރާ ނުރަނގަޅު ކަންތައްތައް ފާހަގަކޮށް، އެކަންކަން އިސްލާހު ކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ.
ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
އޮންލައިން ވަގުތު ގިނަވުމުން ސްޓްރެސް ބޮޑުވަނީ ކީއްވެ؟
ހޯމް މިނިސްޓަރު ހައްޔަތުކޮށް ތަހުގީގު ކުރަންޖެހޭ: ޒަރިޔަންދު
