މާލޭގެ މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފައިވަނީ މާޗު މަހުގެ 16، ގަ އެވެ. އެ ހަތަރު މިލިއަން ރުފިޔާގެ ތެރެއިން ފުލުހުންނަށް މިހާތަނަށް ހޯދިފައިވަނީ 50،000ރ. ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ބާކީ ހުރި ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައިގައި ފަސް މީހަކަށް ތުހުމަތު ކުރެވޭއިރު، އޭގެ ތެރެއިން ހަތަރު މީހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހިމެނޭ ފަސްވަނަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ. އަދި ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މި މީހުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ސޯބެ ވާދަކުރައްވަނީ
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރަކަށް ނަޝީދު ހަމަޖައްސައިފި
ޓްރަމްޕްގެ ހުށަހެޅުމަށް އީރާނުން ދެކޮޅުހަދައިފި
