އިރާނުގެ ވަފުދާ ގާތްގުޅުމެއް އޮންނަ މަސްދަރަކާ ހަވާލާދީ ފާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްލާމްއާބާދުގައި ކުރިއަށްދާ މަޝްވަރާތަކުގައި އެމެރިކާއިން ޑިމާންޑުކުރަމުން ދަނީ ހަނގުރާމައިގެ މައިދާނުގައި އެ ގައުމަށް ހާސިލުނުކުރެވުނު ހުރިހާ ކަމެއް މޭޒުމަތިން ހާސިލުކުރުމަށެވެ.
ޕާކިސްތާނުގެ ވެރިރަށުގައި ހުރި އެ އެޖެންސީގެ ނޫސްވެރިޔާއާ ހަވާލާދީ ބުނެފައިވަނީ، ހޮރްމޫޒް ކަނޑުއޮޅިއާއި، ސުލްހަވެރި ބޭނުންތަކަށް އުފައްދާ ނިއުކްލިއާ ހަކަތައާއި، އަދި މި ނޫންވެސް ބައެއް މުހިންމު ކަންކަމުގައި އެމެރިކާއިން ހުށަހެޅި ދަތި ޝަރުތުތަކަށް އިރާނުން އިންކާރުކޮށްފައިވާ ކަމަށެވެ.
މަޝްވަރާތަކުގެ ނަތީޖާ ބިނާވެފައިވަނީ އެމެރިކާގެ 'ބުއްދި ގަބޫލުނުކުރެވޭ ހުށަހެޅުންތައް' ބަދަލުކުރުމުގެ މައްޗަށް
ފާސް ނިއުސް އެޖެންސީން ފާހަގަކޮށްފައިވާ ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވޭނީ އެމެރިކާއިން ގެންގުޅޭ ހަމަނުޖެހޭ ހުށަހެޅުންތައް ދޫކޮށްލުމުންނެވެ. އަދި ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައަކީ ހައްލުކުރަންޖެހޭ އެންމެ ހައްސާސް އެއް މައްސަލަ ކަމަށްވެސް ބުނެފައިވެއެވެ.
އެ އެޖެންސީން އިތުރަށް ބުނެފައިވަނީ، ދެ ފަރާތުގެ މާހިރުން ގުޅިގެން ދެބަސްވުންތައް ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުން ދަނީ ހިޔާލުތަފާތުވުންތައް ނައްތާލައި، ދެ ފަރާތް އެއްގަލަކަށް އެރުވުމަށް ބާރުއަޅަމުންނެވެ.
މަޝްވަރާތަކުގައި ބައިވެރިވާ ދެ ގައުމުގެ ވަފުދުތަކުން މިހާރު ވަނީ އެކުލަވާލެވިފައިވާ ލިޔެކިޔުންތަކާ މެދު އަމިއްލަ ގައުމުގެ ފަންނީ މާހިރުންގެ ލަފާ ހޯދުމަށް މަޝްވަރާތައް މެދުކަނޑާލާފަ އެވެ. އަދި އެ ލިޔެކިޔުންތައް ފައިނަލްވުމުން އަލުން ބައްދަލުވުންތައް ފެށުމަށް ތާވަލު ކުރެވިފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނި ނަމަވެސް، އެއްބަސްވުމަކަށް ނާދެވި އެމެރިކާގެ ވަފުދު ޕާކިސްތާނުން ފުރައިފި ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރަކަށް ނަޝީދު ހަމަޖައްސައިފި
މަޝްވަރާތަކަށް 14 ގަޑިއިރު، އަދިވެސް އެއްބަސްނުވެވޭ ކަންކަން ގިނަ
ޓްރަމްޕްގެ ހުށަހެޅުމަށް އީރާނުން ދެކޮޅުހަދައިފި