ބޮޑުތަކުރުފާނުމަގު އެމްއެމްއޭ ސަރަހައްދު ބަނދަރުމަތީގައި އެމްޑީޕީން ހަރުކޮށްފައި ހުރި ކެމްޕެއިން ބެނާތަކެއް، އެމްޓީސީސީގެ މުވައްޒަފުންތަކެއް ނިކުމެ މިއަދު ނަގައިފި އެވެ.
މަންޒަރު ދުށް މީހުން ކިޔައިދިންގޮތުގައި އެތަކެތި ނަގާފައި ވަނީ އެމްޓީސީސީގެ ޓީޝާޓް ލައިގެން ތިބި މުވައްޒަފުންތަކެއް ކަމަށެވެ. އެތަކެތި ނެގުމަށް އެ މުވައްޒަފުންނަށް އިރުޝާދު ދިނީ އެ ކުންފުނީގެ ސީނިއާ މުވައްޒަފެއް ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.
އެމްޓީސީސީގެ މުވައްޒަފުން ނެގީ ބޮޑުތަކުރުފާނު މަގުގައި ހަރުކޮށްފައި ހުރި މާލޭގެ މޭޔަރު އާދަމް އާޒިމްގެ ކެމްޕޭން ބޮޑު ޕޯސްޓަރަކާއި އެމްޑީޕީގެ އެހެނިހެން ބައެއް ޕޯސްޓަރުތަކެކެވެ.
މޭޔަރު އާޒިމްގެ ބޮޑު ޕޯސްޓަރު ނަގާފައި ވަނީ އެކްސްކަވޭޓަރެއް ބޭނުންކޮށްގެންނެވެ.
މީގެކުރިން އެޗްޑީސީގެ މުވައްޒަފުންތަކެއް ވެސް ވަނީ ހުޅުމާލޭގައި ދަމާފައިވާ އެމްޑީޕީގެ ކެމްޕޭން ހަލާކުކޮށް ނަގައިފަ އެވެ.
އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބު ކާމިޔާބުކިރަން ދައުލަތުގެ މުދަލާއި ވަސީލަތްތައް ސަރުކާރުން އަންނަނީ ނަހަމަގޮތުގައި ބޭނުންކުރަމުންނެވެ.
ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ދެ މަސް ބޯޓެއް
75 ވަނަ މިސް ޔުނިވާސްގައި ރާއްޖެ ތަމްސީލު ކުރާނީ ޔުއީން!
ކައްދުއަށް 40 މިނިޓުން ދެވޭ އިސްދޫގައި އެއާޕޯޓެއް އަޅަނީ
