އިއްޒުއްދީން މަގުގައި ހުރި ގުދަނެއްގައި ރޯވެ އަނދަމުން އެބަދެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި އެ ގުދަނުގައި ވަނީ ވަރަށް ބޮޑަށް ރޯވެފަ އެވެ.
ރޯވެފައިވަނީ ޕްރައިމް ގޯޑައުންގައި އެވެ. އެތަނަކީ ގަސްކާނާ ރައްކާކުރާ ތަނެެއް ކަމަށް މައުލޫމާތު ލިބެ އެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިންތިބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގަ އެވެ. އެހެންކަމުން މިވަގުތައް ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލާފައިވާ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.
އެމްއޭސީއެލްގެ ފަޔާ ލޮރީ ގެނެސްގެން ފޯމު ޖަހައިގެން އަލިފާން ނިއްވާލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވިކަމެއް އަދި ނޭނގެ އެވެ.

ރޯދަ މަލާފަތް: މަސްހުނީގެ ބަދަލުގައި މަސް ކުރޮޅި!
ރޯދަ 2026: މުހައްމަދުއް ރަސޫލުﷲގެ އެކްޓަރުންނަށް ނަޒަރެއް!
ހުޅުމާލޭ ގެއެއްގައި ރޯވެ، ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަން
