"ހުރިހާ"އިން މި ރޯދަ މަހު ގެނެސްދޭ ރޯދައިގެ ސުވާލާއި ޖަވާބު ސެގްމެންޓަކީ ރަމަޟާން މަހުގެ އަޅުކަމާ ގުޅުވައިގެން އުފެދޭ ބައެއް އާއްމު ސުވާލުތަކަށް ޖަވާބު ހޯދައިދިނުމެވެ. މި ސެގްމެންޓްގައި ގެނެސްދޭ ސުވާލުތަކާއި އޭގެ ޖަވާބުތަކަކީ ދީނީ އިލްމުވެރިއެއް ކަމަށްވާ އާސިމް އަލް ހަކީމް ގެ ދީނީ ދަރުސްތަކުންނާއި ވީޑިއޯތަކުން ނަގާފައިވާ މައުލޫމާތެވެ.
ރޯދަ މަސް ފެށިގެން ކުރިއަށް ދާއިރު ވަކިން ހާއްސަކޮށް މި މައްސަރުގައި ނަމާދުތަކަށް ފަރުވާތެރިވާން ޖެހެ އެވެ. އެއާއެކު ނިދަން ބޭނުންކުރާ ހެދުމުގައި ނަމާދު ކުރެވިދާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.
ސުވާލު: ނިދަން ބޭނުންކުރާ ހެދުމުގައި ނަމާދު ކުރެވިދާނެތަ؟
ޖަވާބު: ނަމާދު ކުރުމުގައި ވަކި ކަހަލަ ހެދުމެއް ލާން މަޖުބޫރެއް ނޫނެވެ. އެހެން ކަމުން ނިދަން ބޭނުންކުރާ ހެދުމުގައި ވެސް ނަމާދު ކުރުމަކުން މައްސަލައެއް ނެތެވެ.
އެހެން ނަމަވެސް ސަމާލުކަން ދޭންޖެހޭ ކަމަކީ އެ ހެދުމުގައި ނަމާދުގެ ޝަރުތުތައް ފުރިހަމަވޭތޯ ބެލުމެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމަކީ ސާފތާހިރު ކަމެވެ. ނިދަން ލާ ހެދުމުގައި އެއްވެސް ބާވަތެއްގެ ނަޖިސް (ކުޑަކަމުދާ ތަކެތި/ މަނި) ފަދަ ތަކެތި އުނގުޅިފައިވާނަމަ އެ ހެދުމުގައި ނަމާދު ސައްހައެއް ނުވާނެ އެވެ.
ދެވަނަ ކަމަކީ އެ ހެދުމަކުން މީހާގެ އައުރަ ނިވާވުމެވެ. ނިދަން ބޭނުންކުރާ ހެދުމަކީ އައުރަ ނިވާވާ ފަދަ ގަޔަށް ދޫ ހެދުމެއްނަމަ އޭގައި ނަމާދުކުރުން ހުއްދަވެގެންވެ އެވެ.
މަތީގައި ދެންނެވި ޝަރުތުތައް ފުރިހަމަވާނަމަ ނިދަން ބޭނުންކުރާ ހެދުމުގައި ވެސް ފަރުޟު ނަމާދު ކުރުމަކީ ހުއްދަވެގެންވާ ކަމެކެވެ.
ޖަވާބު ދެއްވީ: ޝައިހް އައްސީމް އަލް ހަކީމް
އެހެންމީހަކަށް ކުރިމަތިނުލެވޭގޮތް ހެދުމުން ޕީއެންސީއަށް ގޮނޑިއެއް
ރޭލެއްގެ ތެރޭ ގުރުއާން ކިޔެވި މީހެއްގެ ގައިގައި ތަޅާ އަނިޔާކޮށްފި
ހިޔާ ޓަވަރުތައް ވެސް ކުނި އަޅާ ގޮނޑުކުރަނީ