އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުންނަށް މިލިއަނުން ރިޝްވަތު ހުށަހަޅަމުންދަނީ ސީދާ ރައީސް މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެ އެވެ.
ކައުންއުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ސަރުކާރުން ކެންޑިޑޭޓުންނަށް ރިޝްވަތުބެހުމުގެ އިތުރުން އެކި ގޮތްގޮތަށް މަޖުބޫރު ކުރުވުވަމުން އަންނަ ކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތުކުރަމުންނެވެ. އެގޮތުން އިދިކޮޅު އިދިކޮޅު މައި މާޓީ އެމްޑީޕީން ވެސް ވަނީ ސަރުކާރަށް އެފަދަ ތުހުމަތުތަކެއް ކޮށްފަ އެވެ.
އެގޮތުން އެމްޑީޕީން ކައުންސިލް އިންތިހާބަށް ކަނޑައަޅާފައިވާ ތަރުޖަމާނު އަބްދުﷲ ވަހީދު އެކްސްގައި ވިދާޅުވެފައި ވަނީ ފެނަކަ، އާރުޑީސީގަ ވަޒީފާ އަދާކުރާ މުވައްޒަފުންގެ ވޯޓް ޔަގީން ކުރުމަށް އެފަރާތްތަކުން މަސައްކަތް ކުރާ ރަށް ނޫން ރަށް ރަށަށް ރީރަޖިސްޓްރީ ކުރުމަށް މަޖުބޫރުކުރުވަމުން ދާކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ.
ގިނަ ބަޔަކު މި ސަރުކާރަށް ބޮޑެތި ތުހުމަތު ތަކެއް ކުރަމުން އަންނަ މި ދަނޑިވަޅުގައި އެމްޑީއޭ އަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެމްބަރު އައްބާސް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިޔުމަށް މިލިއަނުން ރިޝްވަތު ހުށަހަޅަމުންދާތީ ކަންބޮޑުވާން ޖެހޭ ކަމަށާއި އެއީ ރައީސް މުއިއްޒު ހިންގަވާ "ބަގާވަތުގެ އަމަލެއް" ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ސީދާ ރައީސްގެ އިރުޝާދުގެ ދަށުން ހިންގަމުންދާ ބަޣާވާތުގެ އަމަލެއް. ރައްޔިތުންގެ ބައިތުލްމާލުން ވައްކަންކޮށް، އެ ފައިސާއިން ސިޔާސީ ނުފޫޒު ފޯރުވުމަށް ކުރާ މި މަސައްކަތަކީ ފިރުއައުނު ފަދަ ހުދުމުހުތާރު ވެރިންނާއި، ޔަމަނުގެ ފަސާދަވެފައިވާ ވެރިކަންތަކުން ފެނިގެންދާ ފަދަ ހަޑިމުޑުދާރު އަމަލުތައް،" އައްބާސް ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބާ ދިމާކޮށް، އިންތިހާބުގެ މިނިވަންކަން ގެއްލުވާލުމަށް ސަރުކާރު ހިންގާ ޕީއެންސީން ނުބައި ރޭވުންތަކެއް ރާވާފައިވާ ކަމަށް ވެސް އައްބާސް ތުހުމަތު ކުރައްވަ އެވެ.
ރިޝްވަތުގެ ވަބާއިން ދިވެހިރާއްޖެ ސަލާމަތްކުރަން ޖެހޭކަން ފާހަގަކުރައްވަމުން އައްބާސް ވަނީ ވަގުތީ ވަޒީފާއަކަށް ނުވަތަ ފައިސާކޮޅަކަށް އެމީހެއްގެ އީމާނާއި، އަބުރާއި، ގައުމުގެ މުސްތަގުބަލު ވިއްކާނުލާން ގޮވާލައްވާފަ އެވެ.
އޭގެ އިތުރުން އައްބާސް ވިދާޅުވީ ގައުމަށް ހިދުމަތް ކުރަން ނުކުމެ ތިބި ކެންޑިޑޭޓުންނަށް ހުރަސް އަޅައި، ޑިމޮކްރަސީގެ ރޫހު ކަތިލުމަށް ކުރާ މަސައްކަތާ ދެކޮޅަށް ވެސް ތެދުވަން ޖެހޭ ކަމަށެވެ.
ކައުންސިލް އިންތިހާބާ ދިމާކޮށް ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިޔުމަށް ރިޝްވަތު ހުށަހަޅާ ކަމަށް އަޑު ފެތުރިފައިވާއިރު، އިންތިހާބާ ދިމާކޮށް ސަރުކާރުގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން އެސްއޯއީތަކުގައި ތިބި މުވައްޒަފުންނަށް މަޖުބޫރު ކުރަމުންދާ ކަމަށް ވެސް ވަނީ އަޑު ފެތުރިފަ އެވެ.
އީމާންގެ އުފަލަކީ އޭނާގެ ކުރެހުންތައް!
މަސްދޯނީގައި ރޯވި ހާދިސާގައި އަނިޔާވި 5 މީހަކަށް ފަރުވާދެނީ
ގިގީ ދެކެ ހަގީގީ ލޯބި ނުވާ ކަމަށް ޒޭން އެއްބަސްވެއްޖެ