ރާއްޖޭގެ ޓިކްޓޮކް ބޭނުންކުރާ ގިނަ ބަޔަކު ދަންނަ އަލީ އަމްޖަދު (އަމްޖު) ކުއްލިގޮތަކަށް ނިޔާވެއްޖެ އެވެ،

ޓިކްޓޮކްގައި ވަރަށް އެކްޓިވްކޮށް ފެނުނު އަމްޖަދު ނިޔާވީ މިއަދު މެންދުރުގެ ވަގުތެއްގައި އޭނާ ދުއްވާ ދޯނީގައިކަން އެނގިފައި ވެއެވެ.

އަމްޖަދުގެ ގާތް މީހަކު ބުނީ އޭނާ ދުއްވާ ދޯނި ތިލަފުށިން މާލެއަށް ފުރުމަށް ތައްޔާރުވެ، އަމްޖަދު ދޯންޔަށް އެރިފަހުން ހަބަރެއް ނުވެގެން ބެލިއިރު އޮތީ ދޯނީގެ ވީލްހައުސްތެރެއަށް ވެއްޓިފައި ކަމަށެވެ. އޭނާއަށް ވަގުތުން އަވަސްފަރުވާ ދިން ނަމަވެސް މާލެ ގެނައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ އެމީހާ ބުންޏެވެ.

އަމްޖަދު ބޮޑަށް މަގުބޫލު ވެފައިވަނީ އޭނާގެ އަންހެނުން ހަބީބާ (ހަބިއްތަ) އާއެކު ބާއްވާ ލައިވްތަކުންނެވެ. ގިނަ ބަޔަކު ދަންނަ އެ ޖޯޑަކީ އެތައް ބަޔަކު މަޖަލާއިއެކު ޓިކްޓޮކްގައި ބަލާ ލައިވްތަކެއް ކަން ފާހަގަކޮށްލެވެ އެވެ.